ތަފާތު އެކި ސްޓައިލްތަކަށް ބުރުގާ އަޅަން ދަސްކޮށްދޭ ވޯކްޝޮޕެއް ޔޫތު މިނިސްޓްރީން ފަށައިފި
ތަފާތު އެކި ސްޓައިލްތަކަށް ބުރުގާ އަޅަން ދަސްކޮށްދޭ ވޯކްޝޮޕެއް ޔޫތު މިނިސްޓްރީން ފަށައިފި

ތަފާތު އެކި ސްޓައިލްތަކަށް ބުރުގާ އަޅަން ދަސްކޮށްދޭ ވޯކްޝޮޕެއްް ޔޫތު މިނިސްޓްރީން ރޭ ފަށައިފި އެވެ.

ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 18-35 އަހަރުގެ 45 ޒުވާނުން ބައިވެރިވި އެވެ.

އެ މިނިސްޓްރީގެ ކައުންސެލާ އެސިސްޓެންޓް އައިމިނަތު ނިޝްފާ ހުސެއިން ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުންގެ ފަރާތުން ވޯކްޝޮޕަށް ތަރުހީބު ލިބޭ ކަމަށާއި އިތުރު ވޯކްޝޮޕެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ސްޓައިލްތަކަށް ބުރުގާ އަޅައިދޭން ދަސްކޮށްދޭނީ އެކަމުގެ ތަޖުރިބާކާރުންނެވެ. ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް ނިޝްފާ ވިދާޅުވި އެވެ.

"ވަރަށް ޑިމާންޑު ބޮޑު ވޯކްޝޮޕަށް. ވެއިޓިންގައި ވެސް އެބަހުރި ވަރަށް ގިނަ ޒުވާނުން. ޝަކުވާ ވެސް ލިބެމުން އާދޭ ފުރުސަތު ނުލިބިގެން،" ނިޝްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައިވެނި ހަފުލާތަކާއި އޮފީހަށް ދާއިރު ބުރުގާ އަޅާނެ ގޮތްތަކާއި ހަވީރު ފިންޏަށް ބުރު ޖަހަން ނިކުމެ އުޅޭއިރު ބުރުގާ ސްޓައިލް ކުރާނެ ގޮތްތައް ވޯކްޝޮޕުން ދަސްކޮށްދެވޭނެ ކަމަށެވެ.