ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި
ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި

ޔުނައިޓެޑުން "ހީސްޓޭންޑް" ބުރޭންޑްގެ ބޭކަރީ އުފެއްދުންތައް ރާއްޖެއަށް މިރޭ ތައާރަފްކޮށްފި އެވެ.

ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި
ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި

ސުވިޓްޒަލޭންޑްގެ މަޝްހޫރު ހީސްޓޭންޑް ބުރޭންޑްގެ ބޭކަރީ އުފެއްދުންތައް ޔުނައިޓެޑް ޝޮޕުން ލިބެން ހުންނާނެއެވެ. ހީސްޓޭންޑް ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރަށް ޔުނައިޓެޑުން ވަނީ އެ ފިހާރައިން ވިޔަފާރިކުރާ މީހުންނަށް ހާއްސަކޮށްގެން ކަސްޓަމަ ލޯޔަލްޓީ ކާޑު ވެސް މިރޭ ތައާރަފްކޮށްފަ އެވެ.

ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި
ޔުނައިޓެޑުން "ހީސްޓޭންޑް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި

ޔުނައިޓް ފުޑް ސަޕްލަޔާސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑު ތައާރަފްކުރުމުގެ މަގްސަދަކީ އެފިހާރައިގެ ރެގިއުލާ ކަސްޓަމަރުންނަށް އަގު ހެޔޮކޮށް ތަކެތި ގަނެވޭނެ ގޮތް ފަހިކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯޔަލް ކަސްޓަމަރުންނަށް ޕްރައިސް އެޑްވާންޓޭޖެއް ދިނުން ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ދެކެން. އަދި އައު ކަސްޓަމަރުންނަށް ފިހާރައިގެ ކަސްޓަމަރުންނަށް ވުމަށް ހިތްވަރު ދިނުމަކީ ވެސް މިފަދަ ކާޑެއް ތައާރަފުކުރުމުގެ ބޭނުން،" އޭނާ ވިދާޅުވި އެވެ.

ލޯޔަލްޓީ ކާޑުގައި އެންރޯލް ވެވޭނީ ޔުނައިޓެޑް ފިހާރައިން 500ރ. ގެ ވިޔަފާރިއެއް ކުރުމުންނެވެ. ލޯޔަލް ކަސްޓަމަރުންނަށް ވުމަށް ފަހު 5،000ރ. ވިޔަފާރި ކުރުމަށްފަހު ކުރާ ކޮންމެ ވިޔަފާރިއަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

"އެންރޯލްވުމަށްފަހު 50ރ. ތަކެތީގެ ގިފްޓް ޕެކެއް ލިބޭނެ. އެއަށްފަހު އަޅުގަނޑުމެން އެކަސްޓަމަރެއްގެ ރެކޯޑްތައް ފުރިހަމައަށް ބަލަން ފަށާނެ. ފްރައިސް ބެނިފިޓް ލިބެން ފަށާނީ ޖުމްލަ 5،000ރ. ގެ ވިޔަފާރި ކުރުމުން،" ސައީދު ވިދާޅުވި އެވެ.

ލޯޔަލްޓީ ކާޑުގެ މުއްދަތަކީ އެއް އަހަރެވެ.

ޔުނައިޓެޑްޝޮފުން ރާއްޖެ އެތެރެކުރާ ޕްރިމިއަމް އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ މި ފިހާރައިގެ އެކްސް ޒޯންގައި ބޭކަރީގެ އިތުރުން، ފްރެޝް ސެލެޑް، ސޭންޑްވިޗް، ޕަނީނީ އަދި އަރަގު ކޮފީ ލިބެން ހުންނާނެ އެވެ. ޔުނައިޓެޑް ޝޮޕް ހުންނާނީ ހިތަށްފިނިވާމަގުން ސަލަތައި ރެސްޓޯރަންޓްގެ ކައިރީގަ އެވެ.