24 ނޮވެމްބަރ 2018 - 13:36

އެއް ދުވަހުން އަނެއް ދުވަހަށް ޑިޖިޓަލް ދާއިރާއިން ކުރިއަރަމުންދާ ރާއްޖޭގައި، އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައި.އޯ.ޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ އުސްމިންތަކަށް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އުރީދޫ 5ޖީގެ ކުޅަދާނަކަން، އެ ކުންފުނިން ދައްކުވައިދީފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު އިއްޔެ ދައްކުވައިފާވަނީ، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އުރީދޫން އިއްޔެ ބޭއްވި ކަލަ ރަންގާ 5ޖީގެ ހިދުމަތް ދައްކުވާލީ ނައިބު ރައީސްގެ އިތުރުން ގިނަ އަދަދެއްގެ މިނިސްޓަރުންނާއި، އެތައް ހާސް ކަސްޓަމަރުންގެ ހާޒިރުގަ އެވެ.
އުރީދޫން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކަލާ ރަންގައި ވަނީ 5000 އަށްވުރެ ގިނަ ބައިވެރިން ދުވުމުގެ ހަރަކާތުގައި ބައިވެރި ވެފައެވެ. އެގޮތުން ކޮންމެ އެއް ކިލޯމީޓަރަކުން ކުލަޖަަހާ ކުޅިވަރަކީ ވަގުތަށް ބަލައިގެން އެއްވެސް ވަނައެއް ނުދޭ ކުޅިވަރަކަށް ވުމުން، އެ ހަރަކާތަކީ ގިނަ އަދަދެއްގެ ބަޔަކަށް ދުޅަހެޔޮ ކަން ޕްރޮމޯޓްކޮށް، އެކުގައި މަޖާ ކުރެވޭ ބޮޑު ފުރުސަތަކަށް ވެގެން ދިޔައެވެ.
އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައި ވެސް، އުރީދޫން ބޮޑެތި ނެޓްވާކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، 5ޖީ ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކިހިސާބުތަކުގައި ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ކުރީގައި ވާސިލްވެ ތިބުމަށްޓަކައި ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި 5 ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ އިސްދައުރެއް އަދާކުރަމުން ކަމަށެވެ. އެގޮތުން، އިންސާނީ ތަރައްގީ މަގުފަހިކޮށްދޭނެ، އަދި އިންޓަނެޓް ކަނެކްޓިވިޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްދޭނެ ފަދަ މުހިންމު ނެޓްވޯކް އަޕްގްރޭޑްތަކެއް ގެނައުން، އުރީދޫގެ މި މަސައްކަތުގައި ހިމެނޭ ކަމަށާއި، މި ކުރިއެރުމާއި އެކު، 5ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަ ކުރުން ފަދަ އީޖާދީ ޚިދުމަތްތަށް ކައިރި މުސްތަޤްބަލެއްގައި ފެނިގެންދާނެ ކަމަށް އުރީދޫން ފާހަގަ ކުރިއެވެ.
"މުޅި ދުނިޔޭގައި ވެސް ފުރަތަމަ 5ޖީ ނެޓްވޯކެއް ލައިވް ކޮށްފައިވަނީ، ގަތަރުގައި، އުރީދޫ އިން. މިކަން ވެގެންދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށްވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް. މުޅި ދުނިޔެ ވެސް، 5ޖީ މެދުވެރިކޮށް އަންނާނެ މުހިއްމު ބަދަލުތަކާއި ކުރިއެރުންތަކަށް ތައްޔާރު ވަމުންދާއިރު، އުރީދޫ އިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ވެސް ވީހާ ވެސް އަވަހަކަށް މި އީޖާދީ ޓެކްނޮލޮޖީ ގެނެސްދިނުމަށް." އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ. ނަޖީބް ޚާން ވިދާޅުވިއެވެ.
ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ ޕްލަސް ފޯރުކޮށްދިން ފުރަތަމަ އޮޕަރޭޓަ އެވެ. ހަމައެއާ އެކު، އުރީދޫން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކް ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށްދީފައެވެ. 5ޖީ ނެޓްވޯކަށް ތައްޔާރީތައް ވަމުންދާއިރު، އުރީދޫ މޯލޑިވްސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދައި، މުޅި އުރީދޫ ގްރޫޕުންވެ ސް ފުރަތަމަ މި ލައިސަންސް ލިބުނު ކުންފުންޏަށް ވެފަ އެވެ.