24 ނޮވެމްބަރ 2018 - 11:30

އޭޑީކޭގެ މެޑިކަޕް ކޭމްޕުން އެއް ދުވަހުން 170 އަށް ވުރެ ގިނަ ބަލިމީހުން ބަލައިފި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ގްރޫޕްގެ ރިކްރިއޭޝަން ކްލަބް، އޭޑީކޭ ސިނާޖީގެ ސީއެސްއާރްގެ ދަށުން ހިންގާ މި ކޭމްޕް ކުރިއަށްދަނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށެވެ. މި ކޭމްޕް ކުރިއަށް ދަނީ އދ. ދަނގެތީގަ އެވެ.

އެޑީކޭ ސިނާޖީގެ ޓްރެޝަރަ، ހަނީފާ އަބްދުލް ގާދިރު ވިދާޅުވީ، މި ކޭމްޕް މިއަދުގެ މެންދުރު 2 އަށް ކުރިއަށްދާނެ ކަމަށެވެ. މިއަދުގެ ހެނދުނު 11:00 ގެ ނިޔަލަށް 260 ބަލިމީހުންނަށް ހިދުމަތް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޭމްޕް ފެށުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަނގެތީ ސްކޫލްގައި ކުޑަކުދިންނާ ގުޅުންހުރި ސިއްހީ މައުލޫމާތު ސެޝަނެއް ބެލެނިވެރިންނަށް ދީފައިވެ އެވެ. މި ސެޝަންގައި ވާހަކަ ދެއްކެވީ ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފެވެ. މި ސެޝަންގައި ހެޔޮކާނާ، ނުކެއުމަށް ހައްލެއް، ބަލިން ދުރުވެ ތިބޭނެ ގޮތުގެ މައުލޫމާތު ދީފައިވެ އެވެ.
މި މެޑިކަލް ކޭމްޕްގައި ކުޑަކުދިންނާއި އަންހެނުންނާއި ލޮލުގެ އިތުރުން ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން ބައިވެރިވެ އެވެ.