އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި
އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫން މި އަހަރު ބޭއްވި އުރީދޫ ކަލަ ރަން މިއަދު ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި
އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި

މިއަދު މެންދުރު ފަހު 3:30 ގައި ފެށި ދުވުން އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި މިނިސްޓަ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލާއި މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، ޒަހާ ވަހީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި
އުރީދޫ ކަލަ ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި

އުރީދޫން މިދިޔަ އަހަރު ބާއްވަން ފެށި ފަސް ކިލޯމީޓަރުގެ މި ދުވުމުގައި މިއަހަރު 5000 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، އަލަށް ދުވާ މީހުންނާއި އާންމު ގޮތެއްގައި ދުވާ ގިނަ ބަޔަކު ވެސް މި ދުވުމުގައި ބައިވެރިވި އެވެ.

އުރީދޫން ބުނި ގޮތުގައި ރޭހަކަށް ނުވާތީ ވަގުތަށް ބަލައިގެން އެއްވެސް ވަނައެއް ނުދިން ނަމަވެސް، މި ދުވުމުގެ ފޯރި ގަދަކުރުމުގެ ގޮތުން ދުވުންތެރިންގެ ތެރެއިން އެންމެ ކްރިއޭޓިވް އަދި އެންމެ ހެއްވާ ކޮސްޓިއުމް އަޅައިގެން ދުވި މީހަކަށް މިދިޔަ އަހަރެކޭ އެއްފަދައިން ތަފާތު ހަދިޔާ ދިނެވެ.

ކަލަ ރަަންގެ ރޭސް އަދި ހަވީރުގެ ހަރަކާތްތައް އިރު އޮއްސި 6:00 ނިމުނު ކަމުގައި ވިޔަސް، އުރީދޫން ވަނީ ކަލާ ރަން އާ ގުޅިގެން މިރޭ 8:30 ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ދިވެހި ހުނަރުވެރި މިއުޒިކީ ފަންނާނުން އެކުލަވާ ލައިގެން މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން ޓްރެފިކް ޖޭމް، ލެވިޓޭޓް ބައި ހަބޭސް، ސަމާ، ޒީޕޯ އާއި ސޮއްޕެ އަދި ހަބޭސް ބޮޑުބެރު ހިމެނޭ ކަމަށް އެކުންފުނިން ފާހަގަ ކުރިއެވެ.