މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟
މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟

ތިޔަ ދައްކަނީ "އެންއެފްސީ" އެންޓަނާގެ ވާކަ އެވެ. "އެންއެފްސީ" އަކީ "ނިއާ ފީލްޑް ކޮމިއުނިކޭޝަން" އެވެ. ފޯނެއްގައި އެންއެފްސީ ޓެކްނޮލޮޖީ ހިމެނޭ ނަމަ، ފޯނުގެ ކޮންމެވެސް ތަނެއްގައި އެންއެފްސީ އެންޓަނާއެއް ހަރުކުރަން ޖެހެ އެވެ.

މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟
މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟

"އެންއެފްސީ"ގެ ބޭނުމަކީ އެއް ފޯނުން އަނެއް ފޯނަށް "ޑާޓާ" ފޮނުވުމެވެ. ވީޑިއޯ، އޯޑިއޯ، އެޕްލިކޭޝަން އަދި ޑޮކިއުމަންޓްތައް ހިމެނޭ ގޮތުގަ އެވެ.

މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟
މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟

ކޭޝް ކާޑުން ފައިސާ ދެއްކޭ ގޮތަށް، ސްމާޓްފޯނުން ވެސް ފައިސާ ދެއްކެ އެވެ. އެއީ އެންއެފްސީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ފައިސާ ކަނޑާ ކާޑް މެޝިންގައި ސްމާޓްފޯން ޖައްސާލުމާ އެކު އެކައުންޓްގައި ހުންނަ ފައިސާއިން، ބިލަށް އަރާ ވަރު، އެ ފިހާރައެއްގެ އެކައުންޓަށް ޖަމާވެ އެވެ. ބޭންކް އޮފް މޯޑިވްސްގެ ކަސްޓަމަރުން އެ ފަސޭހަ މިހާރު ބޭނުންހިފަ އެވެ. ފޯނުން ފައިސާ ދައްކަން އެދޭ ނަމަ ގެންގުޅޭ ފޯނުގައި "އެންއެފްސީ" ޓެކްނޮލޮޖީ ހުންނަން ޖެހެ އެވެ.

މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟
މޮބައިލް ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް އިންނަނީ ޖާސޫސްކުރަންތަ؟

ނިސްބަތުން ބޮޑު އެންޓަނާއެއް "އެންއެފްސީ" އަށް ބޭނުންވެ އެވެ. އެއީ ފޯނުގެ ކޮންމެ ކޮންމެ ތަނެއްގައި ހަރުކުރެވޭ އެއްޗެއް ނޫނެވެ. އެންއެފްސީ މަސައްކަތްކުރަނީ ދެ ޑިވައިސް ވަރަށް ކައިރިކޮށްގެންނެވެ. ބެޓެރީގައި ނުވަތަ ފޯނުގެ ކަވަރުގައި އެންއެފްސީ އެންޓަނާ ހަރުކުރަން ޖެހެނީ އެ ސަބަބާ ހެދި އެވެ. އެކަހަލަ ބެޓެރީގައި "ނިއާ ފީލްޑް ކޮމިއުނިކޭޝަން" ލިޔެ ލޭބަލްކޮށްފައި އޮވެ އެވެ.

އެންއެފްސީ ބޭނުންކޮށްގެން ޖާސޫސްކުރާ ވާހަކަ އަދި އަޑެއް ނާހަމެވެ. އެކަމަކު ފޯނު އުފައްދާ ކުންފުންޏަކުން ޖާސޫސްކުރަން ބޭނުންވެއްޖެ ނަމަ އެއީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ. އެ ކަމަކަށް އެންއެފްސީއެއް ބޭނުންމެއް ނުވާނެ އެވެ. އެޕްލިކޭޝަންތައް މެދުވެރިކޮށް މާ ފުރިހަމަ އަށް އެކަން ކުރެވޭނެ އެވެ.

އެންއެފްސީ މެދުވެރިކޮށް ފޯނެއްގައި ހުންނަ އެއްޗެއް ނެގުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެންއެފްސީ އަކީ ވަރަށް ކައިރިން މަސައްކަތްކުރާ ޓެކްނޮލޮޖީއެކޭ ބުނީ އެހެންވެ އެވެ. އެކަތި އަނެކަތީގައި ޖެހޭ ފަށުގައި ބާއްވައިގެން މެނުވީ އެންއެފްސީން ކަމެއް ނުކުރެވެ އެވެ.

އެންއެފްސީ ކުރިއަރައި ފުޅާވަމުން އަންނަ ދުވެލީގައި، ކޭޝް ކާޑުތަކުގެ ބޭނުން ފަނޑުކޮށްލާނެ ކަމަށް ބެލެވެ އެވެ. ސްމާޓްފޯން މެދުވެރިކޮށް ފައިސާ ދެއްކުމަށްޓަކައި، ފޯނު އުފައްދާ ކުންފުނިތަކުން ދަނީ ހުރިހާ ފަސޭހައެއް ފޯނުތަކުގައި ހިމަނަމުންނެވެ. ބޭންކްތަކާ ވާހަކަދައްކައި ޚިދުމަތްތައް ތައާރުފުކުރަމުންނެވެ. އަހަރެމެން ބޭންކް އޮފް މޯލްޑިވްސް އަށް ޝުކުރު އަދާކުރަމެވެ.