23 ނޮވެމްބަރ 2018 - 17:26

މިއަދު ހަވީރު އުރީދޫން ބާއްވާ ކަލާ ރަންއާ ގުޅިގެން އެ ކުންފުނިން މިއަދު ހެނދުނު ކުޑަކުދިންނަށާއި ޒުވާނުންނަށް ހާއްސަ ގުޑި އެރުވުމުގެ ހަރަކާތްތަކެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން 11:00 އަށް ކުރިޔަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި ގުޑި ހެދުމަށް ހާއްސަ ވޯކްޝޮޕެއް ބޭއްވި އެވެ. އަދި ވޯކްޝޮޕްގައި ތައްޔާރުކުރާ މަޑިތަކުގެ ތެރެއިން އެންމެ މޮޅު ތިން މަޑި ވަނީ ހޮވާފަ އެވެ. ހަމަ އެގޮތުން މަޑި އެރުވުމުގެ ހަރަކާތުގައި އެންމެ މޮޅަށް މަޑި އެރުވި ތިން ފަރާތެއް ވެސް ހޮވި އެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް ނޫރާ ވިދާޅުވީ މި ކުޅިވަރުގެ ބޭނުމަކީ ކުރީގެ މަޑި އެރުވުމުގެ ސަގާފަތް ދިރުވާ އާލާކުރުމަށާއި ކުރީގައި ހަދާ ފަދަ މަޑި ހަދަން ކުޑަކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ.
އުރީދޫ ކަލާ ރަންގެ ހަރަކާތްތައް މިއަދު ފެށީ މެންދުރު ފަހު 3:30 ގަ އެވެ. އަދި ކަލާ ރަން ގެ މައިގަނޑު ދުވުމުގެ ހަރަކާތްތައް ފެށީ 4:30 އެވެ.
މިއަދު ތިން ގަޑިއަކަށް ބަހާލައިގެން ކަލާ ރަންއާ ގުޅޭ ހަރަކާާތްތަކުގެ ތެރެއިން ގުޅިގެން ބާއްވާ ހަރަކާތް ތަކުގެ ތެރެއިން، މިރޭ 8:30 ފެށިގެން މިއުޒިކް ޝޯއެއް ބާާއްވާނެ އެވެ.