މެމްބަރު އަރީފާއި ކުރީގެ މިނިސްޓަރު މޫސާ އަލީ ޖަލީލު ޖޭޕީ އަށް
މެމްބަރު އަރީފާއި ކުރީގެ މިނިސްޓަރު މޫސާ އަލީ ޖަލީލު ޖޭޕީ އަށް

ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސައިން އަރީފާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

މެމްބަރު އަރީފާއި ކުރީގެ މިނިސްޓަރު މޫސާ އަލީ ޖަލީލު ޖޭޕީ އަށް
މެމްބަރު އަރީފާއި ކުރީގެ މިނިސްޓަރު މޫސާ އަލީ ޖަލީލު ޖޭޕީ އަށް

އެ ދެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަރީފު ނޮޅިވަރަމް ދާއިރާ ކާމިޔާބު ކުރެއްވީ ޖޭޕީގެ ޓިކެޓުގަ އެވެ. ނަމަވެސް ދައުރުގެ ވަކި ހިސާބަކުން އޭނާ ވަނީ އެމްޑީއޭއާ ގުޅިވަޑައިގެންފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ވަނަ ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލު ޖޭޕީ އަށް ސޮއިކުރައްވާފައިވަނީ ސިޔާސީ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު އެވެ. ވަޒީރުކަމުން އޭނާ 2015 ވަނަ އަހަރު ވަކިކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވެސް އިއްޔެ ވަނީ ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ. ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ދާދި ފަހުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.