ސުރުބީ ޗަންދުނާ ދެން ފެންނާނީ ބޮލީވުޑްގެ އެކްޓަރު ކުނާލް ކޭމޫއާ އެކު
ސުރުބީ ޗަންދުނާ ދެން ފެންނާނީ ބޮލީވުޑްގެ އެކްޓަރު ކުނާލް ކޭމޫއާ އެކު

ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "އިޝްގްބާޒް" އިން ވަކިވި ބަތަލާ ސުރްބީ ޗަންދްނާ އެ ޗެނެލްގެ އެހެން ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

ޕިކްންވިލާ އިން ބުނި ގޮތުގައި "އިޝްގްބާޒް" ގައި އަނިކާގެ ރޯލް ކުޅެމުން ދިޔަ ބަތަލާ ސޮއިކުރި އާ ސިލްސިލާއަކީ މިނީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭ ތަންކޮޅެއް ތަފާތު ގޮތަކަށް ގެނެސް ދޭނެ "ކާންޕޫރު ވާލޭ ކުރާނާސް" އެވެ.

އާ ސިލްސިލާއަކުން ސުރުބީ ފެންނާނެކަން އެނގިފައި މި ވަނީ "އިޝްގްބާޒް" އިން ވަކިވުމަށް ފަހު، ވަރަށް އަވަހަށް އާ ސިލްސިލާއަކުން އޭނާ ފެންނާނެ ކަމަށް ބުނެ ޓްވީޓް ވެސް ކޮށްފައި ވަނިކޮށެވެ. އޭގައި ސުރުބީ، 29، ބުނީ އޭނާ ދެން ފެނިގެން ދާނީ މުޅިން ތަފާތު ގޮތަކަށް، ތަފާތު ކެރެކްޓާއަކާ އެކުގައި ކަމަށެވެ.

"ކާންޕޫރުވާލޭ ކުރާނާސް" ގައި ސުރުބީ ފެނިގެން ދާނީ ބޮލީވުޑްގެ އެކްޓަރު ކުނާލް ކޭމޫއާ އެކުގަ އެވެ.

"ގޯލްމާލް އެގެއިން" އާއި "ގޯ ގޯއާ ގޯން" ފަދަ ފިލްމުތައް ކުޅެފައިވާ ކުނާލްއަކީ ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާންގެ ފިރިމީހާ އެވެ. "ކާންޕޫރުވާލޭ ކުރާނާސް" ވެގެން ދާނީ އޭނާ އެނބުރި އަލުން ޓީވީ އުފެއްދުމަކުން ފެންނާނެ ފުރަތަމަ ސީރިޒަށެވެ.

މި ސިލްސިލާގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ކޮމެޑިއަން ސުނިލް ގްރޯވާ އާއި އަދާ ހާން ހިމެނެ އެވެ. އަދާއަކީ ކަލާޒުން މިހާރު ގެނެސްދޭ ސިލްސިލާ "ނާގިން" ގެ ފުރަތަމަ ދެ ސީޒަނުގައި މަސައްކަތްކޮށްފަިއވާ ބަތަލާއެކެވެ.

އުމުރުން 29 އަހަރުގެ ބަތަލާ މުހިއްމު ރޯލެއް ކުޅޭ ސުޕަނެޗަރުލް އާ ސިލްސިލާއެއް ފަށަން ވެސް ކަލާޒުން މިހާރު އަންނަނީ ތައްޔާރުވަ މުންނެވެ. އެއީ "ވިޝް ޔާ އަމްރިތު: ސިތާރާ" އެވެ.

މިހާރު ބެލުންތެރިންނަށް ޕްރޮމޯ ވެސް ދައްކާލައިފައިވާ އެ ސިލްސިލާ ދައްކަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.