ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އިސްވެރިން ވަކިކޮށްފި
ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އިސްވެރިން ވަކިކޮށްފި

ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއްގެ އިސްވެރިން މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 11 ކުންފުންޏެއްގެ އިސްވެރިން ވަކިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ހިންގަމުން އަންނަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯގެ އިސްވެރިން ހިމެނޭ ކަމަށެވެ.

ވަކިކުރި 20 ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ. އެއީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިސް އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރާއި އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނުން ވެސް ހިމެނެ އެވެ.

އެ ބޭފުޅުންގެ ތެރޭގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވެސް ހިމެނެ އެވެ. އިތުރު އެހެން ކުންފުނިތަކުގެ ބޯޑު މެމްބަރުން ވެސް ވަކިކޮށްފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުންފުނިތަކުގެ އިސްވެރިންނަށް ތިއްބެވި ބޭފުޅުން ވަކިކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ރައީސްކަމަށް ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ގެންނަމުންދަނިކޮށެވެ.