ރައީސް އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
ރައީސް އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

މިއީ މިިދިޔަ ހޮނިހިރު ދުވަހު ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވިފަހުން އެ ދެ ބޭފުޅުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. މީގެ ކުރިން ވެސް ދެ ފަހަރު އެ ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެ އެވެ.

ރައީސް އާއި މައުމޫން ބައްދަލުކުރެއްވިއިރު، އާ ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ކެބިިނެޓް އެކުލަވާލާފައިވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ހިއްސާވާ ގޮތަށެވެ.