ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް

ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ދޮޅު މަސް ދުވަހުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް

ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި ރަސްމީކޮށް ރިޕޯޓު ފޮތް ދީފައިވަނީ މިއަދެވެ. ނަމަވެސް މި ހަފުތާގެ އެކި ދުވަސްތަކުގައި ބައެއް ސްކޫލުތަކުގައި ރިޕޯޓު ފޮތް ދީފައިވެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 81،027 ދަރިވަރުން މި އަހަރު ތައުލީމް ހާސިލްކޮށްފައިވެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ އަށް

އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކިޔެވުން ދެން ފަށާނީ އަންނަ ޖެނުއަރީ 13 ގަ އެވެ.

އަތޮޅު ތައުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސްކޫލު، ބ. އޭދަފުށީ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ މިއީ ތައުލީމީ ގޮތުން އެ ސްކޫލަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ކަނޑައެޅި އަމާޒަށް ވާސިލްވުމުން ބޮޑު ހިތްހަމަޖެހުމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޕީޑީ (ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް) ދުވަސްތައް ވެސް ބެލެނިވެރިންނާ އެކު މިވަނީ ކާމިޔާބު ކަމާ އެކު ގެންދެވިފައި. އެގޮތުން ޓީޗަރުން ވެސް މި ވަނީ ކާމިޔާބު އަހަރަކަށް ހެދުމަށް ބުރަ މަސައްކަތެއް ކޮށްފައި،" 800 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

މި އަހަރު ވެސް ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެބްލެޓް ދީފައިވާއިރު އޭގެ ތެރެއިން ބައެއް ސްކޫލުތަކުގައި ކިޔަވައިދީފައި ވަނީ ޓެބްލެޓް ބޭނުންކޮށްގެންނެވެ.

ތައުލީމީ އަހަރު ނިމިގެން ދެން މި ކުރިމަތިލަނީ ބޮޑު އަހަރަކަށެވެ. އާ ސަރުކާރުން ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވާއިރު، އަންނަ އަހަރުން ފެށިގެން ހެނދުނުގެ ނާސްތާގެ ގޮތުގައި ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް ދޭން ވަނީ ނިންމައިފަ އެވެ.