ކައިވެންޏަށް ދަނިކޮށް ބަޑިޖެހުމުން ވެސް ކައިވެނިކޮށްފި
ކައިވެންޏަށް ދަނިކޮށް ބަޑިޖެހުމުން ވެސް ކައިވެނިކޮށްފި

ނިއު ދިއްލީ (ނޮވެމްބަރު 22) - ވެރިރަށް ދިއްލީގައި އޮތް ކައިވެނީގެ ރަސްމިއްޔާތަކަށް ދަނިކޮށް އިންޑިއާ މީހެއްގެ ގަޔަށް ބަޑި ޖެހުމުން ވެސް އެންމެ ފަހުން ކައިވެނިކޮށް ރަސްމިއްޔާތު ފުރިހަމަކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 25 އަހަރުގެ ފިރިހެން މީހާ ކައިވެންޏަށް ދަނިކޮށް ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހޯދަމުންދާ ކަމަށެވެ. ބަޑިން ހަމަލާ ދިން ނަމަވެސް އެ މީހާ ވަނީ ހޮސްޕިޓަކަށް ގެންގޮސް އޮޕަރޭޝަންކޮށްފަ އެވެ. ކައިވެނީގެ ރަސްމިއްޔާތަށް ދިޔަ އިރު ވެސް އޭނާގެ ކޮނޑުގައި އެއް ވަޒަން އިން ކަމަށްވެ އެވެ. ޑޮކްޓަރުން ބުނެފައި ވަނީ އެ ވަޒަން ނެގޭނީ ބޮޑު އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. އެހެންވެ ކައިވެނީގެ ރަސްމިއްޔާތަށް ފަހު އޭނާ ވަނީ އެ ވަޒަން ނަގަން އަލުން ހޮސްޕިޓަލަށް ގޮހެވެ.

އިންޑިއާގައި ކައިވެނީގެ ރަސްމިއްޔާތަކަށް ތައްޔާރުވަނިކޮށް މި އަަހަރުގެ އެޕްރީލް މަހާއި 2016 ވަނަ އަހަރު ވެސް ވަނީ ބަޑި ޖަހައިފަ އެވެ. އެ ދެ ފަހަރު ވެސް ވަނީ ފިރިހެން މީހާ މަރާލައިފަ އެވެ.