21 ނޮވެމްބަރ 2018 - 13:59

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓާއި ތަހުގީގުތަކާ ބެހޭ ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިން އެ މަގާމުތަކުން އިއްޔެ އިން ފެށިގެން ދުރުކޮށްފި އެވެ.
އިއްޔެއާ ހަމައަށް ފުލުހުންގެ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދެވެ. އެކަމަކު، އިއްޔެ އިން ފެށިގެން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ޖަމްޝީދު އެ މަގާމުން ދުރު ކުރުމަށް ފަހު، އެ މަގާމާ މިހާރު ހަވާލުވެވަޑައިގެންފައިވަނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހޯމަ ދުވަހު އައްޔަން ކުރި، އަބްދުލް މަންނާން ޔޫސުފެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިޔާގެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. އޭނާ އިއްޔެ އެ މަގާމުން ދުރު ކުރުމަށް ފަހު، މިހާރު އެ މަގާމާ ހަވާލުވެ ހުންނެވީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ.
ޖަމްޝީދާއި އަހުމަދު މުހައްމަދަށް ފުލުހުންގެ އެއްވެސް މަގާމެއް އަދި ހަވާލެއް ނުކުރައްވަ އެވެ.