ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް
ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް

ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ދަރިވަރުން ވާދަކޮށް، އެމެރިކާގެ ޔޭލް ޔުނިވަސިޓީގައި އޮތް ވޯލްޑް ސްކޮލާސް ކަޕުގެ ފައިނަލުން ގިޔާސުއްދީން ސްކޫލުގެ ދަރިވަރުން ގިނަ މެޑެލްތަކެއް ރޭ ހޯދައިފި އެވެ.

ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް
ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް

ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނޭ ޔޭލް ޔުނިވާސިޓީގައި ބޭއްވި ފައިނަލް ރައުންޑުގެ ޖޫނިއަ ބައިގައި ގިޔާސުއްދީން ސްކޫލުން ތިން ޓީމު ބައިވެރިވި އެވެ. އެއިން ކޮންމެ ޓީމެއްގައި ތިން ދަރިވަރުން ހިމެނެ އެވެ. އެކުދިންނަށް 47 ރަން މެޑެއްޔާއި 13 މެޑަލް ލިބުނެވެ.

ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް
ވޯލްޑް ސްކޮލާސް ކަޕުން ގިޔާސުއްދީން ދަރިވަރުންނަށް ގިނަ މެޑެލްތަކެއް

ގިޔާސުއްދީންގެ ތިން ޓީމުގެ ތެރެއިން އެއް ޓީމު ވަނީ ސައުތު އޭޝިއާ ސަރަހައްދުން ހަތަރު ވަނަ ހޯދައިފަ އެވެ. އެއީ ފައިނަލް ބުރުގައި ދުނިޔޭގެ 58 ގައުމަކުން ބައިވެރިވި 400 އަށް ވުރެ ގިނަ ޓީމުތަކުގެ ތެރެއިން 42 ވަނަ އެވެ.

އެޓީމުގައި ހިމެނެނީ ގިޔާސުއްދީން ގްރޭޑް ނުވައެއްގެ ދަރިވަރު އަލީ ރަޝްވާން މުހައްމަދު އާއި ގްރޭޑް އަށެއްގެ ދެ ދަރިވަރުން ކަމަށްވާ ޝައިނާ މުހައްމަދު ޝައިނީ އަދި ސުލަފް މޫސާ ލަތީފް އެވެ.

ރާއްޖެ އިން ބައިވެރިވި ދަަރިވަރުންގެ ތެރެއިން އެންމެ ގިނަ މެޑެލް ހޯދީ، އެނގިފައިވާ ގޮތުގަައި، މިދިއަ އަހަރު ވެސް މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ހޯދި ރަޝްވާން އެވެ.

ގިޔާސުއްދީންގެ އިތުރުން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދެ ދަރިވަރުންނާއި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކު ވެސް ޑަބްލިޔުއެސްސީގައި ވާދަކުރި އެވެ.

ބިލަބޮންގް ސްކޫލުން ބައިވެރިވި ސޮނާލި ޖަމީލަހްއަށް ތިން މެޑަލް ލިބުނެވެ. އެއީ ޓީމުން ބައިވެރިވި ލިޔުމުގެ މުބާރާތުން ރަން މެޑަލް، ސޯޝަލް ސްޓަޑީޒްގެ ބައިިން ރިހި މެޑެލް، ވަކިވަކިން ބައިވެރިވި ލިޔުމުގެ މުބާރާތުން ރިހި މެޑަލް އެވެ.

ގޭޓްވޭ ސްކޫލުން ބައިވެރިވި ޓީމަށް ދެ ރަން މެޑަލާއި ނުވަ ރިހި މެޑަލް ލިބުނެވެ.

ޖޫނިއަ ބައި ރޭ ނިމުނު ނަމަވެސް ސީނިއަ ބައިގެ ދަރިވަރުންގެ ވާދަކުރުމުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިރެ އެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދެ ދަރިވަރުން ބައިވެރިވީ ސީނިއަ ބައިގަ އެވެ.

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިލްމީ މުބާރާތެކެވެ. އެ މުބާރާތުގައި ތަފާތު މައުލޫއުތަކަށް ބަހުސްކުރުމާއި އެކި މާއްދާތަކާ ގުޅޭ ކުއިޒާއި އަދަބީ ހަރަކާތްތައް އޮވެ އެވެ.