20 ނޮވެމްބަރ 2018 - 21:49

ހުޅުމާލޭ/ މާލެ ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެފައި ވަނިކޮށް، ހުޅުމާލޭގައި ހިނގާފައި ދިޔަ ދެ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާވި ދެ އަންހެނުންގެ ތެރެއިން 25 އަހަރުގެ އަންހެން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ދެން އަނިޔާވި 22 އަހަރުގެ އަންހެން މީހާ އަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެއީ އދ. ހަންޏާމީދު އަށް އުފަން ދެ އަންހެނުންނެވެ.
ދެން އަނިޔާވީ ސައިކަލް ދުއްވަން އިން 20 އަހަރުގެ ފިރިހެނަކަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ތަފްސީލެއް ނުލިބެ އެވެ.
އެ އެކްސިޑެންޓް ހިނގީ މިރޭ 8 ޖަހާކަންހާއިރު އެވެ. އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ހުޅުމާލެއިން ބުރިޖަށް ދުއްވައިފަ ދިޔަ ތިން ސައިކަލެއް ޖެހި ތިން ތިން މީހަކަށް މިރޭ ވަނީ އަނިޔާވެފަަ އެވެ. އެކަމަކު އެ ތިން މީހުން ހާލު ވެސް ސީރިއަސްއެއް ނޫނެވެ.