އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުން ފަސޭހަ ކޮށްފި
އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުން ފަސޭހަ ކޮށްފި

އައިޖީއެމްއެޗްގައި ޚިދުމަތް ދެއްވާ، އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ފަސޭހަ އިން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުން ފަސޭހަ ކޮށްފި
އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުން ފަސޭހަ ކޮށްފި

އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ކުރަމުންދާ މަރާމާތުގެ ތެރެއިން، އިމަޖެންސީ ކޮޓަރި ކުރިމަތިން މީގެ ކުރިން ބަންދުކޮށްފައި އޮތް ސަރަހައްދު މިހާރު ވަނީ ތަރައްގީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފަ އެވެ. އެއާއެކު ޑޮކްޓަރަށް ދެއްކުމަށް އަވަސް ބަދަލެއް ވެސް ގެނެސްފައިވެ އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޓްރައޭޖަށް ދެއްކުމުން، ޑޮކްޓަރަށް ދައްކާ ނަމްބަރު ލިބޭނެ ކަމަށެވެ. އެހެންވެ އިތުރަށް މަޑުކޮށްގެން މެމޯ ހައްދަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރައޭޖުން ދެއްކީމަ އެ ތަނުން ނިންމާނީ އެއީ ގްރީން ޒޯން ނުވަތަ ޔެލޯ ޒޯން ނުވަތަ ރެޑް ޒޯނުގެ ޕޭޝަންޓެއްތޯ. ގްރީން ޒޯނަށް ވިިއްޔާ ހަމަ ކުރީގައި ވެސް އޮންނަ ގޮތަށް ނަންބަރު ޖެހުނީމަ ޑޮކްޓަރަށް ދެއްކޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައި އޮތީ، އިމަޖެންސީ ގޭޓާ ދިމާ ސަރަހައްދުންނެވެ. ކުރިން ޓްރައޭޖަށް ދެއްކުމަށް ފަހު، ޑޮކްޓަރަށް ދެއްކުމަށްޓަކައި އިތުރު މެމޯއެއް ހައްދަން ޖެހެ އެވެ. އެކަމަކު މި ގެނައި ބަދަލާއެކު މެމޯ ދޭނީ ޓްރައޭޖުން ބަލި މީހާ ބަލާ ޑޮކްޓަރެވެ.

އޭގެ އިތުރުން މީހުން މަޑުކޮށްގެން ތިބޭ ތަނުގެ ޑިޒައިނަށް ވެސް ހިތްގައިމު ބަދަލުތަކެއް މިހާރު ވަނީ ގެނެސްފަ އެވެ. އެ ތަނުގައި މިހާރު ވަނީ އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ހާއްސަ ގޮނޑިތަކެއް ބަހައްޓައިފަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައިޖީއެމްއެޗް މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް، ފާއިތުވި ދެ ތިން އަހަރުގެ ތެރޭގައި ގެނެސްފައިވެ އެވެ. މީހުން މަޑުކޮށްލައިގެން ތިބޭ ސަރަހައްދާ އެކު އެތަން ތަރައްގީ ކުރީ ވެސް އެ މަޝްރޫއުގެ ދަށުންނެވެ. ނަމަވެސް އެ ތަނުގެ ގިނަ ހަރަދުތައް ކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ.