19 ނޮވެމްބަރ 2018 - 18:44

އުރީދޫއިން ކޮންމެ އަހަރަކު ބާއްވާ ކަލަ ރަންގެ ކިޓު ހަވާލު ކުރުމަށް ބާއްވާ އެކްސްޕޯ އާޓްގެލެރީގައި ކުރިޔަށް އެބަދެއެވެ.
ކަލަ ރަންގެ ބައިވެރިންނަށް ދޭ ކިޓްތައް ހަވާލުކުރުން ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 ކުރިއަށް ދާނެ އެވެ. ކިޓް ދޫކުރުމުގެ ފަހު ރެޔަކީ މިއީ އެވެ.
ކިޓް ގަނެ، ރެޖިސްޓާކުރި މީހުންގެ އައިޑީ ކާޑު، އަދި ރަޖިސްޓްރީ ކުރިކަމުގެ ރަސީދުގެ ޕްރިންޓް ކޮށްގެން ނުވަތަ ޑިޖިޓަލް ހުށަހެޅުމުން ކިޓް ދޫކުރާނެ ކަމަށް އުރީދޫން ބުންޏެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑާ އެކު ރެޖިސްޓްރީ ކުރި މީހާގެ އައިޑީ ކޮޕީ އަދި ރަޖިސްޓްރީ ކުރި ކަމުގެ ރަސީދު ގެނައުމުން ކިޓް ދޫކުރާނެ އެވެ.
އުރީދޫން ބުނީ އެކްސްޕޯ ނިމުމަށްފަހު، ހަވާލު ނުވެ ހުރި ކިޓްތަަކަށް އަލުން ރެޖިސްޓްރޭޝަން ހުޅުވާލާނެ ކަމަށެވެ.
ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދު އާއި ކަލަ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގް، ކޯޗް ޝުޖާއު، އައިރަނާސް އަދި ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތަކެއް އެކްސްޕޯގައި ކުރިއަށް ގެންދެ އެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމާ ގުޅުވައިގެން މި މަހުގެ 23 ވަނަ ދުވަހު ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯއެއް ވެސް ބާއްވާނެ އެވެ.