19 ނޮވެމްބަރ 2018 - 15:54

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލް ސަރުކާރުގައި ހިމެނޭ އިސް ވަޒީރަކު ކޯލިޝަން ދޫކޮށް ނުދިއުމަށް އެއްބަސްވުމާ އެކު އަވަސް އިންތިޚާބެއް ބޭއްވުމުން އިޒްރޭލް ސަލާމަތްވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ކުރިން ވަނީ ޑިފެންސް މިނިސްޓަރުކަން ނުދޭ ނަމަ ކޯލިޝަނުން ވަކިވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނަތަންޔާހޫ ވަނީ ބެނެޓަށް ޑިފެންސް މިނިސްޓަރުގެ މަގާމު ދޭން ދެކޮޅު ހައްދަވައިފަ އެވެ. ބެނެޓުގެ ޕާޓީ އަށް ޕާލަމެންޓުގެ އަށް ގޮނޑި ލިބިފައިވެ އެވެ. ބެނެޓް ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ނަތަންޔާހޫ އަށް އަދި ވަގުތު ދޭން ނިންމާފައިވާ ކަމަށެވެ.
"ސިޔާސީ ޑިމާންޑްތައް މި ވަގުތަށް އެއްފަރާތް ކުރުމަށް ފަހު ސަރުކާރު ހިފެހެއްޓުމަށް ވަނީ ނިންމާފައި،" ބެނެޓް ވިދާޅުވި އެވެ. "ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އިޒްރޭލް ބަލިކުރުމަށް ވުރެ އިޒްރޭލުގެ ބޮޑު ވަޒީރު ސިޔާސީ ގޮތުން އަޅުގަނޑު ބަލިކުރުން ވެސް މާ ރަނގަޅު."
ނަތަންޔާހޫ ވިދާޅުވީ އަވަސް އިންތިޚާބަކަށް މި ވަގުތު ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަން އިސްތިއުފާ ދެއްވީ ގާޒާގައި ދޭ ހަމަލާތައް ހުއްޓާލަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމުމުންނެވެ. ލީބަމަން ވަކިވުމުން 120 ގޮނޑި ހިމެނޭ ޕާލަމެންޓުގައި ނަތަންޔާހޫގެ ކޯލިޝަނަށް ލިބިފައިވަނީ އެއް ގޮނޑީގެ އަޣުލަބިއްޔަތެކެވެ.