19 ނޮވެމްބަރ 2018 - 13:28

ޕިއޮންޔޮން (ނޮވެމްބަރު 19) - ނޯތު ކޮރެއާގެ ހައި ސެކިއުރިޓީ ޒޯނުން މިދިޔަ މަހު ފިލި ސިފައިންގެ މީހާ އަކީ ޖެނެރަލްއެއްގެ ދަރިއެއް ކަމަށް ޖަޕާނުގެ ނޫހަކުން ބުނެފި އެވެ.
ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޕަންމުންޖޮން އަވަށުން އޮހް ޗޮން ސޮންގް ހުރަސްކުރުމުން ދުނިޔޭގެ ސުރުޚީތަކަށް އެރި އެވެ. އޭނާ ބޯޑަރު ހުރަސްކުރީ ސައުތު ކޮރެއާ ސިފައިން ބަޑި ޖަހަމުން ދަނިކޮށެވެ.
ޕަންމުންޖޮމް އިން ނޯތު ކޮރެއާ ސިފައިންގެ މީހަކު ފިލުމަކީ ވަރަށް ނާދިރު ކަމެކެވެ.
ޖަޕާނުގެ ސަންކެއި ޝިމްބުން ނޫހުން ބުނީ އުމުރުން 25 އަހަރުގެ އޯހް އަކީ ނޯތު ކޮރެއާގެ މޭޖާ-ޖެނެރަލްއެއްގެ ދަރިއެއް ކަމަށެވެ.
"އަޅުގަނޑުގެ ޖެނެރޭޝަންގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ނޯތު ކޮރެއާގެ ލީޑަޝިޕަށް ވަފާތެރި ބައެއް ނޫން،" އޯހްއާ ހަވާލާދީ ނޫހުން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު ހިނގި މި ހާދިސާގައި އޯހް ފިލި މަންޒަރާއި އޭނާ ގަޔަށް ބަޑި ޖަހާ މަންޒަރާ އަދި ސައުތު ކޮރެއާ މީހުން އޭނާ ސަލާމަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވަނީ ޔޫއެން ކޮމާންޑުން އާއްމުކޮށްފަ އެވެ.
ނޯތު ކޮރެއާގެ ސިފައިންގެ ޚިދުމަތާ އޯހް ގުޅުނީ، ސެކަންޑަރީ ސްކޫލް ނިމުމާ އެކު، އުމުރުން 17 އަހަރުގައި ކަމަށް އޭނާ ބުންޏެވެ.
އޯހްގެ ހަށިގަނޑުން ވަނީ ހަތަރު ވަޒަން ނަގާ، ފަޅައިގެން ގޮސްފައިވާ އޭނާގެ ގުނަވަންތައް ފަހާ އަދި ކުރިން އޭނާ އަށް ޖެހިފައިވާ ބަލިތައް ކަމަށްވާ ޓީބީ އާއި ހެޕަޓައިޓިސް ބީ އަށް ފަރުވާދީ އަދި ބަނޑުގައި ހުރި ފަނިތައް ނަގައިފަ އެވެ.