ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!
ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފިރިހެން މުވައްޒަފުން މިއަދު އޮފީހަށް ދިއުމުން އެތަނުގެ އަންހެން މުވައްޒަފުން އެ މީހުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގަ އެވެ. އޮފީސް ކުރިމަތީ އަޅާފައި އޮތް ދޫލަ ވަށައިގެން އަންހެން މުވައްޒަފުން ތިބީ ރަން ތާޖުތަކެއް ހިފައިގެންނެވެ. މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ފިރިހެން މުވައްޒަފެއްގެ ބޮލުގައި ތާޖު އެޅުވި އެވެ. އަދި އަންހެން މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ސައި ދިނުމާއި ކޭކް ފެޅުން ވެސް އޮތެވެ.

ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!
ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!

އެއީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ފިރިހެންނުންގެ ދުވަސް ފާހަގަ ކުރުމަށް މީރާގައި ބޭއްވި ހަފްލާ އެވެ. ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގައި ފިރިހެނުންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.

ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!
ފިރިހެނުންގެ ދުވަސް: މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!

ނޮވެމްބަރު 19 ވަނަ ދުވަހު މުޅި ދުނިޔޭގައި ބައިނަލްއަގްވާމީ ފިރިހެން ދުވަސް ފާހަގަކުރަނީ، ދުނިޔެ އާއި އާއިލާތަކާއި އަދި މުޖުތަމައު އަށް ފިރިހެނުން ގެނެސްދޭ ހެޔޮ އުސޫލުތަކާއި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

ފިރިހެނުންގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރި މުއައްސަސާތަކުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭ ވެސް ހިމެނެ އެވެ. އެ އޮތޯރިޓީގެ ފިރިހެން މުވައްޒަފުން އޮފީހަށް އައުމުން ވަކިވަކި އަންހެން މުވައްޒަފުން ފިރިހެން މުވައްޒަފުންނަށް މާ ހަދިޔާކުރި އެވެ. އަދި އަންހެން މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ސައެއް ދިނެވެ.

އޮފީސްތަކާއި ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް އެކި ފެންވަރުގައި ވަނީ ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް އަންހެނުންގެ ދުވަހަކީ މުޅި ރާއްޖޭގައި ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. އެ ފެންވަރުގައި ފިރިހެނުންގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.