15 އޯގަސްޓް 2016 - 19:00

"ޔައިއެލް" ބްރޭންޑުގެ ކާބޯތަކެތި ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ "ޔައިއެލް" ބްރޭންޑުގެ އުފެއްދުންތަކަކީ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އުފައްދާފައިވާ ކާބޯތަކެތި ކަމަށެވެ.
ކާބޯތަކެތި އުފައްދާ ތަނަކީ އާންމު ސާފު ތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި މި ކާބޯތަކެތި ބޭނުން ކުރުމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ބައްޔެއް ފެތުރި ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ތަނުން ބުންޏެވެ.
އެހެންވެ، އެމްއެފްޑީއޭ އިން ނިންމީ މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ. އަދި މި ތަކެތި ބޭނުން ނުކުރަން އެ ތަނުން ވަނީ އަންގައިފަ އެވެ.