ނޭހާ ދޫޕިއާ އަށް އަންހެން ކުއްޖެއް
ނޭހާ ދޫޕިއާ އަށް އަންހެން ކުއްޖެއް

ބޮލީވުޑްގެ ބަތަލާ ނޭހާ ދޫޕިއާ އަށް އަަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އާދިއްތަ ދުވަހު ހެނދުނު ނޭހާ ވިހޭކަން ކަށަވަރުކޮށް ދިން ނަމަވެސް ދަރިފުޅުގެ ފޮޓޯ އާއި ނަން އަދި ހާމަކޮށްފަ އެވެ. އުމުރުން 37 އަހަރުގެ ބަތަލާ އާއި އެކްޓަރު އަންގަދު ބޭދީ، 35، ކައިވެނިކުރީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ވަރަށް ކުއްލި ގޮތަކަށެވެ.

ވަރަށް ސިއްރުން ބޭއްވި ކައިވެނި ހަފުލާ އަށް ފަހު، ނީހާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކުރީ އޮގަސްޓް މަހުގެ ތެރޭގަ އެވެ، ދެ ތަރިން އޮގަސްޓް މަހު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ނޭހާ ހޯސްޓް ކުރާ ޝޯ "ނޯ ފިލްޓާ ނޭހާ" ގެ ތިން ވަނަ ސީޒަނުގައި މިދިޔަ ހަފުތާގައި އަންގަދު ވަނީ ކައިވެނި ކުރި އިރު، ނޭހާ އިނީ ބަލިވެ ކަމަށް އެއްބަސްވެ އެވެ.

ނޭހާ އާއި އަންގަދަށް އަލަތު ދަރުފުޅު ލިބުމުން އެތައް ބަޔަކު އަންނަނީ ތަހުނިޔާ ފޮނުވަމުންނެވެ.