ޑެމްބެލޭއާ އެއްވެސް މައްސަލައެއް ނެތް: ބާސެލޯނާ
ޑެމްބެލޭއާ އެއްވެސް މައްސަލައެއް ނެތް: ބާސެލޯނާ

ބާސެލޯނާ (ނޮވެމްބަރު 18) – ފްރާންސް ވިންގާ އުސްމާނޭ ޑެމްބެލޭއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ އޭނާ ނުވިއްކާނެ ކަމުގެ އިޝާރާތެއް ބާސެލޯނާ އިން ދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑެމްބެލޭ ވަނީ ބާސެލޯނާގެ ބައެއް ޑިސިޕްލިނަރީ ގަވާއިދުތަކާ ހިލާފުވެފަ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން އޭނާ އަށް އަދިވެސް ކްލަބުގައި ހަމަޔަކަށް އެޅޭ ގޮތެއް ނުވެ އެވެ. އެއާ އެކު އިންގްލެންޑުގެ ލިވަޕޫލާއި އާސެނަލުން އޭނާ އަށް ބިޑްކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ޑެމްބެލޭއާ އެއްވެސް މައްސަލައެއް ނެތް. ހާލަތު ހަމަ އާދައިގެ ގޮތަކަށް އޮތީ،" ބާސެލޯނާގެ ޖެނެރަލް މެނޭޖަރު ޕެޕް ސެގޫރާ ބުންޏެވެ. "އޭނާގެ ކިބައިގައި ހުނަރު އެބަހުރި. އޭނާ އަންނަނީ ބޮޑު ކްލަބަކަށް ހޭނެން މަސައްކަތްކުރަމުން. ވާދަކުރަން ޖެހޭ މޮޅު ކުޅުންތެރިންތަކެއް އެބަތިބި އަދި އެހީވާނެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި."

ސެގޫރާ ބުނީ ޑެމްބެލޭ މީގެ ކުރިން މިފަދަ ހާލަތެއް ކުރިމަތިނުވާ ކަމަށާއި އެހެންވެ މިކަމުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ. އަދި ކްލަބުން ވެސް އަދި އޭނާ ވެސް، މި ހާލަތު ފުރިހަމައަށް ގަބޫލުކުރާ ކަމަށާއި މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް އޭނާ ކްލަބަށް ހާނުވަން ކަމަށް ސެގޫރާ ބުންޏެވެ.

"އަހަންނަށް ނޭގޭ އިނގިރޭސި މީޑިއާ އިން މައުލޫމާތު ހޯދާތަނެއް. އަހަރެމެންނަށް އޮފާއެއް ނުލިބޭ އަދި ވިސްނުން ބަދަލުކުރާކަށް ވެސް ނެތިން،" ސެގޫރާ ބުންޏެވެ.