މާދަމާ ސަރުކާރު ބަންދު
މާދަމާ ސަރުކާރު ބަންދު

މާދަމާ އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، މިއީ އިބޫ އެންމެ ފުރަތަމަ ނިންމެވި ނިންމެވުމެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، އެކަމުގެ މުނާސަބަތުގައި ކުޅިވަރު ހަރަކާތްތަކެއް މާދަމާ އާއި އަނެއް ދުވަހަށް ރާވާފައިވާއިރު، ސަރުކާރު މާދަމާ ބަންދުކުރާނެ ކަމަށް ގިނަ ބަޔަކު އައީ އުންމީދު ކުރަމުންނެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ އުފަލުގައި ކުޅިވަރު ހަރަކާތްތައް މާދަމާ ފަށާނީ މެންދުރު 2:00 ގަ އެވެ.