17 ނޮވެމްބަރ 2018 - 12:46

ވޮޝިންޓަން (ނޮވެމްބަރު 17) - ސީއެންއެންގެ ރިޕޯޓަރު ޖިމް އެކޮސްޓާގެ ޕްރެސް ފާސް ހިފަހައްޓައި ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްތަކުން އޭނާ ސަސްޕެންޑް ކުރި މައްސަލަ ބާތިލްކޮށް ނޫސްވެރިޔާ އަށް ވައިޓް ހައުސް އަށް ވަދެވެން ޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި އެވެ.
ވައިޓް ހައުސް އިން އެކޮސްޓާ ސަސްޕެންޑް ކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމުންނެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެކޮސްޓާ އަތުން މައިކް އަތުލަން އަންގައިފަ އެވެ. ނަމަވެސް އެކޮސްޓާ ވަނީ ވައިޓް ހައުސްގެ ސްޓާފަށް މައިލް ނުދީ ތަކްރާރުކޮށް ސުވާލު ކޮށްފަ އެވެ.
ސީއެންއެން އިން ކޯޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ފަސްޓް އެމެންޑްމެންޓާ ވައިޓް ހައުސް އިން ޚިލާފުވެފައިވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ ވަކީލް ކޯޓުގައި ވިދާޅުވީ އެކޮސްޓާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ މަސްލަހަތު ނަގާލާފައި ކަމަށާއި އެ ހާލަތުގައި ފަސްޓް އެމެންޑްމަންޓުގެ ދަށުން ވެސް ވައިޓް ހައުސް އަށް ވަނުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
ކޯޓުން އެންގުމާ އެކު ވައިޓް ހައުސް އިން ވަނީ އެކޮސްޓާ އަށް ހުއްދަ ދީފަ އެވެ. ނަމަވެސް ނޫސްވެރިން މައްސަލަހަލަތު ގެއްލުވާލަން އުޅޭ ނަމަ ޕްރެސް ކޮންފަރެންސްތައް ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.