ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ވަޑައިގެންފި
ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ވަޑައިގެންފި

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ވަޑައިގެންފި
ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ވަޑައިގެންފި

ޗަންދްރީކާގެ އިތުރުން އައްޑޫ ދިވެހި ދައުލަތާ ވަކިވިއިރު ރައީސްކަން ކުރެއްވި އަބްދުﷲ އަފީފްގެ ދަރިކަލުން އަދި މިހާރު ސިޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފު ވެސް ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މާލެ ވަޑައިގެންފަ އެވެ.

ޗަންދްރީކާ އާއި އަފީފް ރާއްޖެ ވަޑައިގެންނެވުމުން އެ ބޭފުޅުންނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އޭގެ އިތުރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

އިބޫ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އަދި އެމަނިކުފާނުގެ ރަނިންމޭޓް ނައިބު ރައީސް ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އުފާ ފާޅު ކުރުމުގެ އެކި ހަރަކާތްތައް ވެސް މާދަމާ ރެޔާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިބޫ ކާމިޔާބު ހޯއްދަވާފައި ވަނީ ވޯޓު ލީ މީހުންގެ 58 ޕަސެންޓް ވޯޓުންނެވެ. އެއީ 134،705 ވޯޓެވެ. އެމަނކިފާނާ ވާދަ ކުރައްވައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 41 ޕަސެންޓް ވޯޓެވެ. އެއީ 96،052 ވޯޓެވެ.