ސެމީޑީލް ގޭގައި ރޯވި އަލިފާން ނިއްވާލައިފި
ސެމީޑީލް ގޭގައި ރޯވި އަލިފާން ނިއްވާލައިފި

މއ. ސެމީޑީލް ގޭގެ ތިން ވަނަ ފްލޯގައި މިއަދު ހަވީރު ރޯވި އަލިފާން ނިންވާލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ކޮންޓްރޯލްކޮށް އިތުރަށް ބަލަން ޖެހޭ ކަންކަން ސިފައިން ބަލަމުން އަންނަ ކަމަށެވެ. ތިން ވަނަ ފްލޯގައި ރޯވެ، އަލިފާނުގެ އަސަރު ޖެހިގެން ހުރި ފްލޯތަކަށް ވެސް ކުރި އެވެ.

އަލިފާނުގެ ހާދިސާއާ އެކު އެ އިމާރާތުން ވަނީ މީހުން ހުސްކޮށްފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އެކަމަކު ދުމުގެ އަސަރުކޮށްގެން ސިފައިންގެ ތިން މީހަކަށް ވަނީ ސެނަހިޔާ އިން ފަރުވާ ދީފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތަކާއި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.