15 ނޮވެމްބަރ 2018 - 16:53

ރިޔާޒް (ނޮވެމްބަރު 15) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭ ސައުދީގެ ފަސް މީހަކަށް މަރުގެ އަދަބާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ސައުދު އަލް މުޖީބު ވިދާޅުވެއްޖެ އެވެ.
ރިޔާޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޮންސިއުލޭޓް ތެރޭ ޚާޝުގްޖީއާ ކުރި މަޝްވަރާތައް ފޭލްވުމުން އޭނާ އަށް ޑްރަގުދީ ހަށިގަނޑު ކޮށާލަން އެންގީ އެ ފަސް މީހުން ކަމަށެވެ. އަދި ނޫސްވެރިޔާގެ މަރާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްތަންބޫލް ކޮންސިއުލޭޓް ތެރޭ ޚާޝުގްޖީ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ.
ސައުދީ އެޓާނީ ޖެނެރަލް ވިދާޅުވީ ޚާޝުގްޖީ މަރާލީ އިންޖެކްޝަނެއް ޖަހައިގެން ކަމަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ކޮށާލުމަށް ފަހު ކޮންސިއުލޭޓުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
ސައުދީން ކުރިން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.