މެމްބަރު ޝަހުދީ އަނބުރާ ޖޭޕީއަށް
މެމްބަރު ޝަހުދީ އަނބުރާ ޖޭޕީއަށް

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަލުން މިއަދު ސޮއިކުރައްވައިފި އެވެ.

ޖޭޕީގެ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޝަހުދީ ދައުރުގެ ވަކި ހިސާބަކުން ޕީޕީއެމަށް ސޮއިކުރެއްވި އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއިކުރެއްވުމާ ގުޅިގެން ޕީޕީއެމުން ވަކިކުރި އެވެ.

އޭގެ ނަތީޖާ އަކީ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ޕީޕީއެމްގެ އޭރުގެ 12 މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމެވެ. އެކަމަކު، އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ އެކު، ޝަހުދީގެ މަޖިލިހުގެ މެމްބަރުކަން ވެސް ވަނީ އިޔާދަ ވެފަ އެވެ.

ޝަހުދީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް މި ހަފުތާގައި ވަނީ ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ.