14 ނޮވެމްބަރ 2018 - 16:11

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ކޮށްފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯއެއް އުރީދޫން މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނި ގޮތުގައި މި ސޮލިއުޝަންތަކުގެ އަމާޒަކީ ޓޫރިޒަމް ކުރިއެރުވުމަށް ބައިނަލްއަގުވާމީ މާކެޓްގައި ބޭނުން ކުރަމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ ދިވެހި ރިސޯޓުތައް ފަސޭހަ ކަމާއެކު ގުޅުވާލަދިނުން ކަމަށެވެ.
އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސާ ވިދާޅުވީ ޗުއްޓީ އެއް ހިޔާޔާރުކުރާއިރު، ފަތުރުވެރިން އިސްކަންދެނީ ޒަމާނީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ތަޖުރިބާތަކެއް ގެނެސްދޭ ހޮޓެލްތަކާއި ރިސޯޓުތައް ކަމަށެވެ.
އަދި އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް އެހީތެރިވެދެނީ ޓޫރިސްޓުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށާއި، ރިސޯޓުގެ މުއާމަލާތް ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ނަޖީބް ވިދާޅުވިއެވެ.
އުރީދޫން މިއަދު ތައާރަފް ކުރި ޕޯޓްފޯލިއޯގައި ހިމެނޭ ހިދުމަތްތަކުގެ ތެރެއިން، ޓޫރިސްޓުން ރިސޯޓަށް އައުމުގެ ކުރިން، ޗުއްޓީ ތެރޭގައި، އަދި އެއަށް ފަހު ވެސް ކުރަންޖެހޭ އެންމެހާ މުއާމަލާތްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ 'ޑިޖިޓަލް ރިސޯޓްސް އެޕް' ހިމެނެ އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ އެންމެހާ މުއާމަލާތްތަކެއް ފަސޭހަކޮށްދޭ، ކްލައުޑް މެދުވެރިކޮށް މަސައްކަތް ކުރާ 'ޑިޖިޓަލް އެޗް އާރު' ޓޫލް އާއި، ވީޑިއޯ އޮން ޑިމާންޑް އަދި އިން-ރޫމް ސާވިސާސް ފޯރުކޮށްދޭ، ފުރިހަމަ އައި.ޕީ.ޓީ.ވީ ޕްލެޓްފޯމެއް ހިމެނެ އެވެ. އަދި ސިންގަލް ގިގބިޓް ފައިބަ ނެޓްވޯ ކެއްގައި ބިނާކޮށްފައިވާ، ވޮއިސް، ވީޑިއޯ، އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތަށް ފޯރުކޮށްދޭ ޑިޖިޓަލް ހަބް ހިމެނެ އެވެ.