ނާޑުވާޔަކާ ހެދި ޓްރަކެއް ސްވިމިން ޕޫލަކަށް ވެއްޓިއްޖެ
ނާޑުވާޔަކާ ހެދި ޓްރަކެއް ސްވިމިން ޕޫލަކަށް ވެއްޓިއްޖެ

އެމެރިކާގެ ލަސް ވެގަސްގައި މިދިޔަ ބުދަ ދުވަހު ހެނދުނު، ބިޔަ ޓްރަކެއް ސްވިމިން ޕޫލަކަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކުރި އެވެ. ފުލުހުންނާ ހަވާލާދީ މީޑިއާ އިން ބުނި ގޮތުގައި މި މަންޒަރު ލޮލުން ނުފެންނަނީސް މި ވާހަކަ ގަބޫލުކުރަން ވެސް ފުލުހުންނަށް ދަތިވި އެވެ.

"އެހެންވެ އެދުނިން ހާދިސާ ހިނގާފައިވާ ތަނުގެ ފޮޓޯއެއް ފޮނުވައިދޭން. އެއީ އެކަން ހިނގިކަން ކަށަވަރު ކުރަން ބޭނުންވެގެން،" އެކްސިޑެންޓް ހިނގި ތަނަށް ދިޔަ ފުލުސް މީހާ ބުނެފައިވެ އެވެ.

"ޓްރަކް ޑްރައިވަރަކަށް ނޫނީ، އެ މީހުން ކޮށްފާނެ ކަންކަން ލަފާކޮށްލަން ވެސް ނޭނގޭނެ."

ފެން ނެތް ޕޫލް ތެރެއަށް ޓްރަކް ވެއްޓުނު އެކްސިޑެންޓަށް ފަހު، ޓްރަކް އޮޕަރޭޓްކުރާ ކުންފުނިން ފޭސްބުކް ޕޯސްޓެއްގައި ބުނި ގޮތުގައި މި ބޮޑު ހާދިސާ ހިނގީ ހަމަ އެންމެ ނާޑުވާއެއްގެ ސަބަބުންނެވެ. އެކަން ހިނގީ މަގަށް ނިކުމެ ބާރަށް ދުއްވާލި ވަގުތު އެކްސެލެރޭޓާގައި ނާޑުވާއެއް ތާށިވެގެންނެވެ.

"ބެކް ޔާޑަށް ޓްރަކް ވައްދަން އުޅެނިކޮށް އެކްސެލެރޭޓާގައި ނާޑުވާ ތާށިވެ ކޮންޓްރޯލް ނުވެގެން ޕޫލް ތެރެއަށް ވެއްޓުނީ،" ހާދިސާ ހިނގި ތަނުގެ ފޮޓޯއަކާއި ވީޑިއޯއަކާ އެކު ފޭސްބުކްގައި ބުނެފައިވެ އެވެ.