ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 13) - ސްރީ ލަންކާގެ ޕާލަމެންޓް އުވާލަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އަވަސް އިންތިޚާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އުއްތަމަ ފަނޑިޔާރު ނަލިން ޕެރާރާ ރިޔާސަތު ބެލެހެއްޓި ތިން ފަނޑިޔާރުންގެ ބެންޗުން ހުކުމް އިއްވި އިރު ކޯޓްރޫމް ތެރެ އޮތީ ފުރި ބާރުވެފަ އެވެ. ސުޕްރީމް ކޯޓުގެ ބޭރުގައި ފުލުހުންނާއި ހަތިޔާރު އެޅި ކޮމާންޑޯ އިން ދިޔައީ ފޯރިމަރަމުންނެވެ.

ޕާލަމެންޓް އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީ އާއި ތަމަޅަ ޕާޓީ، ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އަދި ވާތުފިޔައިގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) އިންނެވެ.

ލަންކާގައި އެންމެ ފަހުގެ ސިޔާސީ މައްސަލަ ގަނޑުގެ ފެށުނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ މަހު 26 ވަނަ ދުވަހު ހަމަޖެއްސުމުންނެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. އެ މުއްދަތުގައި ރާޖަޕަކްސާ އަށް މެޖޯރިޓީ ލިބިދާނެހެން ހީނުވުމުން ސިރިސޭނާ މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ޕާލަމެންޓް އުވާލުމަށް ފަހު އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ޕާލަމެންޓް އުވާލި ސަބަބެއް ކަމަށް ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ބަލަން ޕާލަމެންޓުގައި ނަގާ ވޯޓެއްގައި މެންބަރުންގެ މެދުގައި އުފެދޭ ހަމަނުޖެހުން ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ހިނގައިދާނެތީ ކަމަށެވެ.