ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 13) - ސްރީ ލަންކާގެ ޕާލަމެންޓް، ރައީސް މައިތުރިޕާލާ ސިރިސޭނާ އުވާލެއްވި މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ފެށުމާ އެކު ކޯޓުގެ ބޭރުގައި އެލީޓް ކޮމާންޑޯ އިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

"އެސްޓީއެފް (ސްޕެޝަލް ޓާސްކް ފޯސް) ގެ ވަރަށް ގިނަ ޔުނިޓްތައް ކޯޓުގެ ބޭރުގައި ހަރަކާތްތެރިވާނެ. ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް އުފެދުމުގެ ބިރު ބޮޑު،" ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
ލަންކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ރައީސް ސިރިސޭނާ އަށް ވަފާތެރި ޕާލަމެންޓް މެންބަރުން އިއްޔެ ކޯޓަށް ވަޑައިގެންނެވުމުން ބަޔަކު މީހުން ވަނީ ދިމާކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ކޯޓު ހިމެނޭ ސަރަހައްދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ޕާލަމެންޓް އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީ އާއި ތަމަޅަ ޕާޓީ، ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އަދި ވާތުފިޔައިގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) އިންނެވެ. މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރު ނަލިން ޕެރާރާ ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ލަންކާގައި އެންމެ ފަހުގެ ސިޔާސީ މައްސަލަ ގަނޑުގެ ފެށުނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ މަހު 26 ވަނަ ދުވަހު ހަމަޖެއްސުމުންނެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. އެ މުއްދަތުގައި ރާޖަޕަކްސާ އަށް މެޖޯރިޓީ ލިބިދާނެހެން ހީނުވުމުން ސިރިސޭނާ މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ޕާލަމެންޓް އުވާލުމަށް ފަހު އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ޕާލަމެންޓް އުވާލި ސަބަބެއް ކަމަށް ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ބަލަން ޕާލަމެންޓުގައި ނަގާ ވޯޓެއްގައި މެންބަރުންގެ މެދުގައި އުފެދޭ ހަމަނުޖެހުން ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ހިނގައިދާނެތީ ކަމަށެވެ.