ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟
ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟

ކައިވެނީގައި މައްސަލަތަކެއް ޖެހި، ދެ މީހުން ވަކިން ވެސް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟
ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟

"ބްރެންޖެލީނާ" ގެ ނަމުން މަޝްހޫރު މި ޖޯޑްގެ ކައިވެނި ކޯޓް މެދުވެރިކޮށް ނިމުމަކަށް އައި އިރު، ވަރީގެ އަގު ވެސް ވަރަށް ބޮޑު ކަމަށްވެ އެވެ.

ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟
ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީތަ؟

ރިޕޯޓްތައް ބުނާ ގޮތުން ޖޯލީ އާއި ޕިޓާ ދެމެދު މައްސަލަތައް ޖެހި ވަކިވާ ހިސާބަށް ކަންތައްތައް ދިޔައީ ޕިޓް މިހާރު ކުޅެމުން އަންނަ ފިލްމް "އެލައިޑް" ގެ ބަތަލާ މެރިއަން ކޮޓިލާޑާ ދެމެދު ގާތް ގުޅުމެއް އުފެދި، ދެ މީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާ އެރުމުންނެވެ.

އަދި ޖޯލީ، 40، އަށް ސިއްހީ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވުމަކީ ވެސް ޕިޓް، 52، ގެ ޝައުވެރިކަން ޖޯލީ އަށް ގެއްލުނު ކަމެއް ކަމަށްވެ އެވެ.

ފްރާންސަށް އުފަން ކޮޓިލާޑަކީ ވެސް ކުރިން ކައިވެންޏެއްކޮށް، ކައިވެނި ރޫޅިފައިވާ ބަތަލާއެކެވެ. ފްރާންސްގެ އެކްޓަރު ގްލޯމް ކަނެޓް އާއި ކޮޓިލާޑް، 40، ގެ ކައިވެނި ރޫޅުނީ 2007 ގަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު އެކުގައި ކުޅުނު "މިސްޓަ އެންޑް މިސިޒް ސްމިތު" ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު ހިތާވެ، ޖޯލީ އާއި ޕިޓް ކައިވެނި ކުރީ 2014 ގަ އެވެ.

ޕިޓް ކުރިން ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާ އެވެ. އެ ކައިވެނި ރޫޅުނީ 2005 ގަ އެވެ.

ހަ ކުދިން އެޑަޕްޓްކޮށްގެން ގެންގުޅޭ ޖޯލީ އާއި ޕިޓްގެ ކައިވެންޏަކީ ޖޯލީގެ ތިން ވަނަ ކައިވެންޏެވެ.

އެ ދެ މީހުން ވަކިވި ހަބަރަކީ ޔަގީނުން ވެސް ދެ މީހުންގެ ފޭނުންނަށް ލިބިގެން ދާނެ ވަރަށް ހިތްދަތި ހަބަރަކަށެވެ.

އެކުގައި ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ޖޯލީ އާއި ޕިޓް އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ މިދިޔަ އަހަރު ޖޯލީ ޑައިރެކްޓް ކުރި "ބާއި ދަ ސީ" އެވެ.