ފޭކް ނިއުސް ފެތުރުމުގައި އިންޑިއާ ކުރީގައި
ފޭކް ނިއުސް ފެތުރުމުގައި އިންޑިއާ ކުރީގައި

ނިއު ދިއްލީ (ނޮވެމްބަރު 13) - ފޭކް ނިއުސް ފެތުރުމުގައި އިންޑިއާ އުޅެނީ ވަރަށް ކުރީގައި ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ އިންޑިއާ މީހުންގެ ވަތަނީކަން ބޮޑުވުމުން ކަމަށް ބީބީސީގެ ދިރާސާއެއްގައި ބުނެފި އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ޚަބަރެއް ފެތުރުމުގައި އިންޑިއާގައި، އޭގެ ތެދު ދޮގު ބެލުމަށްވުރެ ބޮޑަށް ގައުމިއްޔަތުގެ ރޫހުގައި އެ ޚަބަރެއް ފަތުރާލަނީ އެވެ. ގައުމީ ރޫހުގައި ފޭކް ނިއުސް ފެތުރުމުގައި އެންމެ ކުރީގައި އުޅެނީ ކަނާތު ފިޔައިގެ ނެޓްވޯކްތައް ކަމަށް ވެސް ސޯޝަލް މީޑިއާ ދިރާސާތަކުން ބުނެ އެވެ. ބީބީސީގެ ދިރާސާގައި އިންޑިއާގެ އިތުރުން ކެންޔާ އާއި ނައިޖީރިއާގައި ވެސް ފޭކް ނިއުސް ފެތުރުމުގައި އާއްމު ރައްޔިތުން އެންގޭޖްވާ ގޮތް ބަލާފައިވެ އެވެ.

ވަޓްސްއަޕް މެދުވެރިކޮށް އިންޑިއާގައި ފެތުރި ދޮގު ޚަބަރެއްގެ ސަބަބުން ވަނީ ހަމަނުޖެހުމަށް މަގުފަހިވެފަ އެވެ. ބީބީސީގެ ދިރާސާގައި ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ އެޕްތައް މެދުވެރިކޮށް ފެތުރި ފޭކްސް ނިއުސްގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެ އިންޑިއާގައި މިދިޔަ އަހަރު ވަނީ 32 މީހުން މަރުވެފަ އެވެ.