13 ނޮވެމްބަރ 2018 - 11:33

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މާޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން މަޖިލީހުން މިދިޔަ މަހު ފާސްކުރީ އެ ގާނޫނު އުވާލަން ޕީޕީއެމްގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ވޯޓުން ފާސްކުރި އެ ބިލް ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު އެންޓި ޑިފެކްޝަންގެ ގާނޫނު އުވުނީ އެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފް ގާނޫނެއް ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.