ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!
ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަނބިކަނބަލުން ލައިލާ އަލީ ފެންނާނީ ހަމައެކަނި ރަަސްމީ ހަފުލާތަކުން އެކަންޏެވެ. އެކަމަނާ އޭރު އުޅުއްވީ ސިޔާސީ ހަރަކާތްތަކުން ދުރުގަ އެވެ. އެކަމަކު މިއަދު ނަޝީދު ވަޑައިގަންނަވާ ހުރިހާ ތަނަކަށް ކަހަލަ ގޮތަކަށް ލައިލާ ވެސް ވަޑައިގަންނަވަ އެވެ.

ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!
ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ބަންދުގައި ހޭދަކުރައްވާފައިވާ ނަޝީދަށް އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް އަބަދުވެސް ފޯރުކޮށްދެއްވީ ލައިލާ އެވެ.

ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!
ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ބޭރުގައި އުޅުއްވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގެންނެވި އިރު އަރިހުގައި ހުންނެވުމަކީ ބަޔަކު ހައިރާންވާނެ ކަމެއް ނޫނެވެ. އެކަމަކު އޭގެ ފަހުން ފިރިކަލުންނާ އެކު ސިޔާސީ ހަރަކާތްތަކުން އާންމުކޮށް ފެންނަން ފެށުމުން އެތައް ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!
ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!

ސަޕޯޓަރުންނާ ބައްދަލުކުރައްވަން އައްޑުއަށާއި ހއ. ދިއްދޫ އަދި އިއްޔެ އއ. އުކުޅަހަށް ވަޑައިގެންނެވިއިރު ވެސް އެންމެ އަރިހުގައި ލައިލާ ހުންނެވި އެވެ. މިއީ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި އަނބިކަނބަލުންގެ އާ ފެށުމެކެވެ.

ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!
ލައިލާގެ ތަފާތު މަންޒަރެއް: ނަޝީދާ އެކު އާންމުންގެ ތެރެއަށް!

ހަމައެކަނި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީއެއް ނޫނެވެ. ރަށްރަށުގައި ބާއްވާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަ އެވެ. ރަށްރަށުގެ ކަންކަން ބައްލަވަން ފިރިހެނުންނާ އެކު ނަޝީދު ވަޑައިގަންނަވާ އިރު އަންހެންވެރިންނާ އެކު އުޅުއްވަނީ ލައިލާ އެވެ. ވަކިވަކިން މީހުންނާ ބައްދަލު ކުރެއްވުމާއި ފޮޓޯ ނެންގެވުން ފަދަ ކަންކަމުގަ އެވެ.

އެތައް ދުވަހެއް ފަހުން ބައްދަލުވާ ސަޕޯޓަރުން ނަޝީދާ އެކު ފޮޓޯއެއް ނަގަން އެދުމުން "ލައިލާއާ ވެސް އެކީގައި ދެއްތޯ ފޮޓޯ ނަގާނީ،" މިހެން އާންމުކޮށް ނަޝީދު ވިދާޅުވެ އެވެ. އެހެންކަމުން ސަޕޯޓަރުންނާ އެކު ނަގާ ގިނަ ފޮޓޯތަކެއްގައި ލައިލާ ވެސް ހުންނަވަ އެވެ. ތަނަކަށް ވަޑައިގަންނަވާ ވަގުތު އަރިހުގައި ލައިލާ ނެތް ނަމަ ހޯއްދަވަ އެވެ.

ރައީސުންގެ އަނބިކަނބަލުންގެ ހަރަކާތްތައް ބޮޑަށް ފާހަގަކުރެވެނީ ރައީސްކަމުގެ މަގާމުގައި ހުންނަވާއިރު އެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ލައިލާ ތަފާތެވެ. އެހެން ރައީސުންގެ އަނބިކަނބަލުން އުޅުއްވި ގޮތަށް ގިނަ ތަންތަނުން ފެނިފައެއް ނުވެ އެވެ. ބައިވެރިވެވަޑައިގަތީ ހަމައެކަނި ގައުމީ ފެންވަރުގެ ކަންކަމުގައި އެކަންޏެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި އުޅުއްވާ ބޭފުޅަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ ސިޔާސީ އެއްވެސް މަގާމަކަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ލައިލާ ނުގެންގުޅުއްވާ ކަމަށެވެ. ނަޝީދުގެ އަރިހުގައި ލައިލާ ގިނަ ވަގުތު މިހާރު ހޭދަކުރައްވަނީ ދެ ދަރިކަނބަލުން ތައުލީމު ހާސިލްކުރައްވަން ރާއްޖެއިން ބޭރުގައި ހުންނެވުމުން ހުސް ވަގުތު ލިބިވަޑައިގަންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ކުދިން ވެސް ރާއްޖޭގައި ނެތީމަ ވަރަށް ފްރީވާނެތާ ދެއްތޯ. އެހެންވެ ދެ ބޭފުޅުން ޅަ ދުވަސް ގޮތަށް އެކުގައި މިހާރު އެ އުޅުއްވަނީ،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވުމުގެ ވިސްނުން ލައިލާ ގެންގުޅުއްވާކަމުގެ އިޝާރާތެއް ވެސް ނެތް."