އަލީބާބާއިން 1 މިނެޓްގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ވިޔަފާރި!
އަލީބާބާއިން 1 މިނެޓްގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ވިޔަފާރި!

ދުނިޔޭގެ އެންމެ ވަރުގަދަ އޮންލައިން ވިޔަފާރި ކުރާ އަލީ ބާބާ އިން، އެއް މިނެޓްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށް އިއްޔެ ރެކޯޑެއް ހަދައިފި އެވެ.

ޗައިނާގެ އޮންލައިން ވިޔަފާރި ކުންފުނި، އަލީ ބާބާ އިން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ގައި ސޭލެއް އޮވެ އެވެ. ވިޔަފާރީގެ އީދެއްގެ ގޮތުގައި ދުނިޔެ އިން ފާހަގަކުރާ މި ދުވަހު އަލީ ބާބާ އިން އަބަދު ވެސް ރެކޯޑު ހަދަމުން ދެ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން، "ސިންގަލްސް ޑޭ" އިވެންޓުގެ ގޮތުގައި އަލީ ބާބާ އިން ކުރިއަށް ގެންދާ އިވެންޓުގައި، އިއްޔެ އެޅުވި ސޭލްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 24 ގަޑިއިރުގެ ތެރޭގައި 10 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައި ވެ އެވެ. އަދި ސޭލް ނިމުނުއިރު 30.7 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށް ރެކޯޑެއް ހަދާފައި ވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 11ގައި ކުރިޔަށް ދިޔަ އެ ސޭލްގައި އަލީބާބާ އިން ކޮށްފައި ވަނީ 25 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ.

ނޮވެމްބަރު 11 އަކީ، އެމެރިކާގައި އެންމެ ގިނައިން ވިޔަފާރި ކުރާ ދުވަހަށް ވުރެ ވެސް ބުރަ ދުވަހެކެވެ. ރެކޯޑުތައް ބުނާ ގޮތުން ހުސްހަށިބައި މީހުންގެ ދުވަސް، ނުވަތަ ސިންގަލްސް ޑޭ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ވިޔަފާރި ކުރާ ދުވަހެވެ.