ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި
ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި

ފަތްޖަހާލެވޭ ފޯނެއް ނެރޭނެކަމަށް ސެމްސަންގާއި އެޕްލް ކުންފުނިން ބުނެ، ހުވަފެންތައް ދައްކަމުންދަނިކޮށް އެންމެ ހަ އަހަރުވީ ކުންފުންޏަކުން އެކަން ކޮށް، ޝަރަފުވެރިކަން ހޯދައިފި އެވެ. ރޮޔޯލް ކުންފުނީގެ ފްލެކްސްޕައި އަކީ ފަތްޖަހާލެވޭ ގޮތަށް ބާޒާރަށް ނެރުނު ފުރަތަމަ ފޯނެވެ.

ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި
ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި

ޗައިނާގެ ބޭޖިންގްގައި ބޭއްވި ހަފުލާއެއްގައި އާންމުކުރި މި ފޯނު ހުޅުވާލުމުން ފެންނަނީ 7.8 އިންޗީގެ ސްކްރީނެކެވެ. އާންމުކޮށް ގެންގުޅޭ ގިނަ ޓެބްލެޓްތަކަށްވުރެ މި ފޯނު ހުޅުވާލުމުން ބޮޑެވެ. ފަތްޖަހާލުމުން ވަކިވަކި ތިން ސްކްރީނަށް ފޯން ބަދަލުވެއެވެ. އެއީ ކުރިމައްޗާއި، ފަހަތާއި، ލަންބާލާފައިވާ ބަދައެވެ. ފޯން ދެފަތްޖަހާލުމުން ވަކި ވަކި ދެ ސްކްރީނުން ފެންނަ މަންޒަރުތައް އެއް ސްކްރީނުން އަނެއް ސްކްރީނަށް ބަދަލުކުރާއިރު ކުޑަކޮށް ފިޔަޖަހާލާކަން ފާހަގަކުރެވެއެވެ. އަދި މިއަށް އަޅާފައިވާ އެންޑްރޮއިޑް ޕްރޮގްރާމް އިތުރަށް ތަރައްގީކުރަންޖެހޭކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. ފޯނު ލަންބާލުމުން އަރިމައްޗަށް އޮންނަ ސްކްރީން ޚައްސަކޮށްފައިވަނީ ނޮޓިފިކޭޝަންތައް އަރުވާށެވެ.

ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި
ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި

އެމެރިކާގެ ކެލިފޯނިއާގައި ހިންގާ ރޮޔޯލް ކޯޕަރޭޝަނުން ބުނި ގޮތުގައި ނޮވެމްބަރުމަހު ޗައިނާގައި މި ފޯނު ވިއްކުމަށް ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާނެ އެވެ. މި ފޯނު ވިއްކާނީ 1290 - 1863 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. އަގަށް ބަދަލު އަންނަނީ ފޯނުގެ ސްޓޯރޭޖާއި މެމޮރީއަށް ބިނާކޮށެވެ. މީގެ ފޯނުތައް އާންމުކޮށް ބާޒާރުގައި ވިއްކަން ފަށާނީ ޑިސެމްބަރު މަހު ކަމަށް ބެލެވެއެވެ.

ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި
ފަތްޖަހާލެވޭ ފުރަތަމަ ފޯނު ދައްކާލައިފި

ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން، ފަތްޖަހާލެވޭ ފޯނެއް ނެރުމަށް ފަރިކޮށްކޮށް ތިއްބާ، މިހާ ކުޑަ ކުންފުންޏަކުން މިވަރުގެ ބޮޑު އިންގިލާބީ ކުރިއެރުމެއް ހޯދުމުން ގިނަ ބަޔަކަށް ލިބުނީ ސިހުމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ރޮޔޯލްގެ ކިބައިގާ މީގެ ގިނަ ފޯނުތަކެއް އުފެއްދުމުގެ ހިތްވަރެއް ނުހުންނާނެއެވެ. އަދި އެންމެ ފަހުން މި ޓެކްނޮލޮޖީ ބޮޑު ކޮންމެވެސް ކުންފުންޏަކަށް ވިއްކާލާނީ ކަމަށް ވެސް ލަފާކުރެ އެވެ.

ރޮޔޯލް ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކުންފުނިން އަލަށް މި ނެރުނު ފްލެކްސްޕައި ފަތްޖަހާލެވޭ ފޯނަކީ ވަރަށް ރަނގަޅަށް ޓެސްޓްކޮށްގެން ބާޒާރަށް ނެރޭ ފޯނެކެވެ.