އާޔޫޝް ޝަރުމާ ދެން ވެސް ކުޅޭނީ ސަލްމާން ހާން ޕްރޮޑިއުސް ކުރާ ފިލްމެއް
އާޔޫޝް ޝަރުމާ ދެން ވެސް ކުޅޭނީ ސަލްމާން ހާން ޕްރޮޑިއުސް ކުރާ ފިލްމެއް

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމް "ލަވް ޔާތުރީ" އަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. އަނެއްކޮޅުން ވަރަށް ގިނަ ކްރިޓިކުން ވަނީ އޭނާގެ އެކްޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކްޓިން އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ފުރަތަމަ ފިލްމު ނާކާމިޔާބު ވިޔަސް އަޔޫޝް ހުރީ ފިލްމާ ދޭތެރޭ ހިތްހަމަޖެހިފަ އެވެ. އެހެންވެ ދެވަނަ ޕްރޮޖެކްޓަކަށް ދާކަށް އޭނާގެ މާ ބޮޑު ހާސްކަމެއް ނެތެވެ. ސަބަބަކީ އަންހެނުން އަރުޕިތާ ހާންގެ ބޭބެ ސަލްމާން ފަހަތުގައި ހުރުމެވެ.

ޑީއެންއޭ އިން ބުނި ގޮތުގައި އަޔޫޝް މިހާރު ވަނީ ސަލްމާން ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފަ އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ.

އެ ނޫހުން ބުނި ގޮތުގައި "ލަވް ޔާތުރީ" އަށް އަޔޫޝްކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ ސަލްމާން ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި އުންމީދު ކުރި ވަރުގެ ކާމިޔާބު ފިލްމަކަށް އެ ފިލްމު ނުވިޔަސް، ޅިޔަނު ބޮލީވުޑަށް ދޫކޮށްލެވުމުން ސަލްމާނަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. އެހެންވެ އޭނާ ހުރީ އަޔޫޝް އަށް ފުރުސަތުތައް ފަހިކޮށް ދޭން ފޫގަޅައިގެންނެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރި "ލަވް ޔާތުރީ" ގައި އަޔޫޝްއާ އެކު ބަތަލާގެ ރޯލް ކުޅުނީ އަލަށް ތައާރަފުވި ވަރީނާ ހުސައިނެވެ.

އަބިރާޖް މިނަވާލާ ޑައިރެކްޓް ކުރި ފިލްމަށް ބޮކްސް އޮފީހުގައި ފިލްމަށް ކުރި ހަރަދު ވެސް ފޫބެއްދޭ ވަރުގެ އާމްދަނީއެއް ނުލިބެ އެވެ. ޖުމްލަ 27 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް ލިބުނީ އެންމެ 16.08 ކްރޯޑް ރުޕީސް އެވެ.