15 އޯގަސްޓް 2016 - 06:56

ސަލްމާން ޚާން މިހާރު ކުޅެމުންދާ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބުލައިޓް"ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި އެވެ. އިންޑިއާގެ ލަޑާކްގައި މި ފިލްމުގެ ޝެޑިއުލް ނިންމާލާފައި މިވަނީ ކަނޑައެޅިފައިވާ ތާރީޚަށް ވުރެ އެއް ދުވަސް ކުރިންނެވެ. އެކަމަށް މަހެއްހާ ދުވަސް ހޭދަވި އެވެ.
ކަބީރް ޚާންގެ ތިން ފިލްމެއްގައި މީގެ ކުރިން ސަލްމާން މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އެވެ.
ފިލްމުގެ ޝެޑިއުލް ނިމުނުކަން ހާމަކުރަމުން ކަބީރް ޚާން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެއް ދުވަސް ކުރިން މަސައްކަތް ނިމުމުން ބައިސްކަލް ދުއްވުމާއި ކޯރު ކައިރީގައި ތިބެ މެންދުރު ކެއުމަށް އިންސާފުކުރުން ފަދަ ކަންކަމުގައި އަނެއް ދުވަސް ހޭދަކޮށްލި ކަމަށެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު 1952 ގައި ކުރި ހަނގުރާމައިގެ މައްޗަށް ތައްޔާރުކުރާ މި ފިލްމުގައި ސަލްމާންގެ ލޯބިވެރިޔާގެ ބައި ކުޅެނީ ޗައިނާގެ ބަތަލާ ޒޫ ޒޫ އެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2017 ގައި، އީދު ދުވަހެއްގަ އެވެ.
މި ފިލްމުގެ ޝޫޓިން އަށް ސަލްމާން ލަޑާކްގައި ހުރި ދުވަސްވަރު އޭނާއާ އެކު އޭނާގެ ލޯބިވެރިޔާ އިއުލިއާ ވަންތޫރް ވެސް އުޅު ކަމަށްވެ އެވެ.