އަލަތު އަންހެން ދަރިފުޅާ ހަވާލުވާން އޮވެން ވިލްސަން ދެކޮޅު ހަދައިފި
އަލަތު އަންހެން ދަރިފުޅާ ހަވާލުވާން އޮވެން ވިލްސަން ދެކޮޅު ހަދައިފި

މީގެ ކުރިން ދެ ފިރިހެން ދަރިން ލިބިފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޮވެން ވިލްސަން އަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅާ ހަވާލުވާން ދެކޮޅު ހަދައި، އެއީ އޭނާގެ ދަރިއެއް ކަމަށް ވެސް އިންކާރުކޮށްފި އެވެ.

އަލަތު އަންހެން ދަރިފުޅާ ހަވާލުވާން އޮވެން ވިލްސަން ދެކޮޅު ހަދައިފި
އަލަތު އަންހެން ދަރިފުޅާ ހަވާލުވާން އޮވެން ވިލްސަން ދެކޮޅު ހަދައިފި

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 49 އަހަރު އެކްޓަރަށް އަންހެން ދަރިއަކު ލިބުނީ އޭނާ ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ވަރޫނީ ވޮންގްސްވިރޭޓްސްގެ ފަރާތުން ކަމަށެވެ.

ލީލާގެ ނަން ދީފައިވާ ކުއްޖާ އަށް މިހާރު އެއްމަސްވެފައިވާ އިރު، އެ ކުއްޖާ ވިލްސަން ވަރަށް ވައްތަރު ކަމަށް މީޑިއާތަކުން ބުންޏެވެ. އެގޮތުން ގައިގެ ކުލަ އާއި އިސްތަށިގަނޑާއި ލޮލުގެ ކުލަ ވެސް އޭނާއާ ވަރަށް ވައްތަރު ކަމަށް ބުންޏެވެ.

ވަރޫނީ ބަލިވެ އިނީ ވިލްސަންގެ ދަރިއަކަށް ކަމަށް ބުނުމުން ކުރިން ވެސް އޭނާ ވަނި އެކަމާ ދެކޮޅު ހަދައިފަ އެވެ. އެކަމު ޓެސްޓްތަކުން ވަރޫނީ ބަލިވެ އިނީ ވިލްސަންގެ ދަރިއަކަށްކަން ސާބިތުވެފައިވެ އެވެ.

"ޝަންހާއީ ނޫން" އާއި "މީޓް ދަ ފްރޮކާޒް" އަދި "ފާދާ ފިގާސް" ފަދަ ފިލްމުތައް ކުޅެފައިވާ ވިލްސަން ކުރިން ލޯބީގެ ގުޅުން ބޭއްވި ދެ އަންހެނެއްގެ ފަރާތުން ލިބިފައިވާ ދެ ކުދިންނަކީ 7 އަހަރުގެ ރޮބަޓް އާއި 4 އަހަރުގެ ފިން އެވެ. އެ ދެރިންނާ ބެހޭ ގޮތުން މިދިޔަ އަހަރު އެލެން ޑިޖެނެރެސްގެ ޝޯގައި ވެސް ވިލްސަން ވާހަކަ ދައްކާފައިވެ އެވެ.