ދަތިކުރުމުގެ ފިޔަވަޅުގައި އަށް ގައުމަކަށް ލުއި ދީފި
ދަތިކުރުމުގެ ފިޔަވަޅުގައި އަށް ގައުމަކަށް ލުއި ދީފި

ވޮޝިންޓަން (ނޮވެމްބަރު 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން ހޯމަ ދުވަހު އެޅި ދަތި ކުރުމުގެ ފިޔަވަޅުގައި އަށް ގައުމަކަށް ލުއި ދީފި އެވެ.

ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ އީރާނުގެ ތެޔޮ ގަތުމުގެ ހުއްދަ ޚާއްސަ ހާލަތެއްގެ ދަށުން އަށް ގައުމަކަށް ދިނީ ތެލުގެ މާކެޓް ހަލަބޮލި ނުކުރަން ކަމަށެވެ. އެމެރިކާ އިން ލުއި ދިން ގައުމުތަކަކީ ޗައިނާ، އިންޑިއާ، އިޓަލީ، ގްރީސް، ޖަޕާން، ސައުތު ކޮރެއާ، ޓައިވާން އަދި ތުރުކީ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަކިވެފައި ވަނީ މެއި މަހު އެވެ.

ޕޮމްޕިއޯ ވިދާޅުވީ އީރާނުގެ ތެޔޮ ގަތުން އަށް ގައުމަކަށް ހުއްދަ ދިން ނަމަވެސް މަސައްކަތް ކުރާނީ އެއްވެސް ގައުމަކުން އީރާނުގެ ތެޔޮ ނުގަތުމަށް ކަމަށެވެ.

ނަމަވެސް އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރި ޔޫރަޕުގެ ގައުމުތަކުން ވަނީ އީރާނާ އެކު ވިޔަފާރި ކުރުމުގެ ހުއްދަ ޔޫރަޕުގެ ކުންފުނިތަކަށް ހޯދައިދޭނެ ކަމަށް ބުނަމުންނެވެ.