އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް
އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް

ވޮޝިންޓަން (ނޮވެމްބަރު 7) - އެމެރިކާގެ މިޓް-ޓާމް އިންތިޚާބުގައި ހައުސް އޮފް ރިޕްރެޒެންޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދުމާ އެކު ރައީސް ޑޮނަލްޑް ޓަރްމްޕަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ އެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް
އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް

ކޮންގްރެސްގެ ދަށު ގޭގެ ކޮންޓްރޯލް، އަށް އަހަރުތެރޭ ފުރަތަމަ ފަހަރަށް ޑިމޮކްރެޓުން ނެގުމަކީ ޓްރަމްޕުގެ އެޖެންޑާ ހުއްޓުވުމަށް ޑިމޮކްރެޓުންނަށް ލިބިގެންދާނެ ކާމިޔާބެކެވެ. އެކަމަކު ސެނެޓުގެ އަޣުލަބިއްޔަތު ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީން ވަނީ ދަހައްޓައިފަ އެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް
އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް

ތަޖްރިބާކާރުން ބުނާ ގޮތުގައި އަންގާރަ ދުވަހު ބޭއްވި އިންތިޚާބަކީ ޓްރަމްޕުގެ މަގްބޫލްކަން ހުރި މިންވަރުގެ ޓެސްޓެކެވެ. ޓްރަމްޕް ގެންދަވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ޑިމޮކްރެޓިކުންނަށް މި ލިބުނު ކާމިޔާބީއާ ގުޅިގެން ޓްރަމްޕް ސަރުކާރުން ހިންގާ، ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ، ބައެއް ކަންކަން ހުއްޓުވޭނެ އެވެ.

ކޮންގްރެސް އަށް އިންތިޚާބުވި އެންމެ ޒުވާން މެންބަރަކީ އުމުރުން 29 އަހަރުގެ ނިއު ޔޯކް ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ އެލެގްޒެންޑާ އޮކާސިއޯ-ކޯޓޭޒް އެވެ.

ކޮންގްރެސްގެ މަތީ ގޭގެ މެޖޯރިޓީ ރިޕަބްލިކަނުން ކޮންޓްރޯލް ކޮށްފައި ވަނީ 51-49 އިންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 2012 ވަނަ އަހަރު ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ ވަނީ ސެނެޓަށް އިންތިޚާބުވެވަޑައިގެންފަ އެވެ.

މިޑް-ޓާމް އިންތިޚާބުގައި ވަނީ 50 ސްޓޭޓުގެ ތެރޭން 36 ސްޓޭޓަށް ގަވަރުނަރުން ވެސް ހޮވައިފަ އެވެ.