06 ނޮވެމްބަރ 2018 - 14:59

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާދަމާ އުމްރާ އަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެ މަނިކުފާނުގެ ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމްރާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
އެ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހެވެ.
މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެންފަ އެވެ.
މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ވެސް އިބޫ ސްރީލަންކާއަށާއި އަދި އެހެން ގައުމަކަށް ވަޑައިގެންފައިވެ އެވެ.