14 އޯގަސްޓް 2016 - 12:19

އިއްޔެ ފެށި އިނގިރޭސި ޕްރިމިއާ ލީގާ ގުޅުވައިގެން ލިޓަސް އިން ގިނަ އިނާމުތަކެއް ލިބޭ އޮންލައިން ފުޓްބޯޅަ ލީގެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ލިޓަސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލީގުގައި ކޮންމެ ދެ މަހަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދޭނެ އެވެ. އަންނަ އަހަރުގެ މޭ މަހު ލީގު ނިމުމުން މުޅި ލީގުން އެންމެ މަތިން ޕޮއިންޓް ހޯދި ފަރާތަކަށް 10،000ރ.ގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ވެސް ލިޓަސް އިން ބުންޏެވެ.
"ފުޓްބޯޅައަކީ ރާއްޖޭގެ ގައުމީ ކުޅިވަރުގެ އިތުރަށް އެންމެ މަގުބޫލު ކުޅިވަރު. އެހެންވެ، އަޅުގަނޑުމެންގެ އަމާޒަކީ ފުޓްބޯޅަ އަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ދިނުން،" ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
މި ލީގުގައި ބައިވެރިވާން https://fantasy.premierleague.com/ އަށް ވަނުމަށް ފަހު ޕްރައިވެޓް ލީގު ހިޔާރުކުރަން ޖެހެ އެވެ. އެ އަށް ފަހު، 264609-1009518 ކޯޑު ޖެހުމުން ލިޓަސްގެ ލީގުގައި ބައިވެރިވެވޭނެ އެވެ.