ބަހުރޭނުގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް
ބަހުރޭނުގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް

މަނާމާ (ނޮވެމްބަރު 4) - ބަހުރޭނުގެ އިދިކޮޅު ލީޑަރު ޝެއިޚް އަލީ ސަލްމާން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ބަހުރޭނުގެ އިސްތިއުނާފް ކޯޓުން މި ހުކުމްކޮށްފައި ވަނީ ގަތަރަށް ޖާސޫސް ކުރިކަމުގެ ކުށުގަ އެވެ. އިސްތިއުނާފް ކޯޓުގެ ހުކުމް އައިސްފައި ވަނީ ސަލްމާންގެ ކުށެއް ނެތް ކަމަށް ބަހުރޭނުގެ ހައި ކޯޓުން ނިންމިތާ މަސްތަކެއް ފަހުންނެވެ. ބަހުރޭނުން ވަނީ މިދިޔަ އަހަރު ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ ފަދަ ޖަމާއަތްތަކުން ބުނެފައި ވަނީ ބަހުރޭނުގެ ކޯޓުގެ ހުކުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ އަދި އިންސާފުން އެއްކިބާވެފައި ހުކުމެއް ކަމަށެވެ.

އަލީ ސަލްމާން އަކީ މަނާކޮށްފައިވާ އަލް ވަފާގު މޫވްމަންޓުގެ ލީޑަރެވެ. އޭނާގެ މައްޗަށް ވަނީ ގަތަރާ ގުޅިގެން ބަހުރޭން ސަރުކާރާ ދެކޮޅު ހަރަކާތްތައް 2011 ވަނަ އަހަރު ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެފަހަރުގެ ހަމަނުޖެހުންތަކުގައި ވަނީ އާއްމުންގެ 30 މީހުންނާއި ފުލުހުންގެ ފަސް މީހުން މަރުވެފަ އެވެ.