04 ނޮވެމްބަރ 2018 - 13:54

ޖާނުން ފިދާވެގެން ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، ޖާނުން ފިދާވާން ރޭވިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގް އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފްގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި އެ ދެ މީހުން ދޫކޮށްލަން ކޯޓުން މިއަދު އަމުރުކުރީ ބަންދަށް ލުޔެއް ދިނުމަށް އެ ދެ މީހުންގެ ފަރާތުން ހުށަހެޅުމުންނެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ގެންދަނީ އިބްތިދާއީ މަރުހަލާ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.