04 ނޮވެމްބަރ 2018 - 11:02

މާލޭގައި އިންޑޯ އަދި އައުޓްޑޯ ލައިޓްގެ ބާވަތްތައް ވިއްކުމަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.

"ލުމިއަ ހޯމް" ގެ ނަމުގައި ސޯސަން މަގު އިބްރާހީމީ މިސްކިތް ކައިރިން، ޖައުސާ ސެރަމިކް ސިޓީ ކުރިމައްޗަށް ވާ ގޮތަށް ހަދާފައި ހުންނަ ޝޯ ރޫމުން އެންމެ ފަހުގެ ޑިޒައިންތަކުގެ އިންޑޯ ލައިޓް، ފްލަޑް ލައިޓް، ޕެނަލް ލައިޓް އާއި، އައުޓްޑޯ ލައިޓް އަދި ލިބެން ހުރެއެވެ. އަދި މީގެ އިތުރުން ފިލިޕްސް ބްރޭންޑްގެ ލައިޓާއި އެކި ވައްތަރުގެ ލެޑް ލައިޓް، ޓިއުބް ލައިޓް އަދި ތަފާތު ވައްތަރުގެ ތަޅު ލިބެން ހުރެއެވެ.

'ލުމިއަ ހޯމް' ހިންގާ ލުމިއަ ހޯލްޑިންގްސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އާ އަހަރާ ދިމާކޮށް ފެސްޓިވް ދިއްލުންތަކާއި ހާއްސަ ފެއާރީ ލައިޓް، ނިއޯން ލައިޓް އަދި ސްޓްރިޕް ލައިޓް ވެސް ލިބޭނެ އެވެ.
ހަމަ އެގޮތުން އެ ފަރާތުން ބުނީ އެ ފިހާރައިން ލައިޓްގެ ބާވަތްތަކުގެ އިތުރުން އެކި ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު ފަންކާ، ސްވިޗް އަދި ދޮރުފަތް ކުރިއަށް އޮތްތަނުގައި އެތަނުން ލިބެން ހުންނާނެ ކަމަށެވެ.
ލުމިއަ ހޯމް އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ފެންވަރު ރަނގަޅު އަދި އިތުބާރު ކުރެވޭ ބްރޭންޑްތަކުގެ ލައިޓް ވީހާ ވެސް ގިނަ ބާވަތްތައް އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް ފޯރުވައިދިނުމެވެ.
ހަމަ އެގޮތުން އެ ޝޯރޫމް މެދުވެރިކޮށް ރީޓެއިލް ކުރުމުގެ އިތުރުން ހޯލްސޭލްކޮށް ވެސް މުދާ ވިއްކާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. މީގެ އިތުރުން، އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ލައިޓާއި ދޮރުފަތް ފަދަ ތަކެއްޗަށް ކުރިން އޯޑަރު ދިނުމުން ގެނެސްދޭ ގޮތަށް ވެސް ލުމިއަ ހޯމް އިން ވަނީ ނިންމައިފަ އެވެ.